އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޑަބްލިއުޑީސީ އިން ހިންގާ "މޫދު ކަސްރަތު އިންސްޓްރަކްޓަރ ކޯސް" ހިންގައިދޭނެ ފަރާތެއް ހޯދުމަށް

17 ޖުލައި 2019     4 months ago


އިޢުލާން    

 

އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އައްޑޫ ސިޓީގެ 14 ބައިވެރިންނަށް މޫދު ކަސްރަތު އިންސްޓްރަކްޓަރ ކޯސް ހިންގަން ބޭނުންވެއެވެ. މި ކޯސް ކުރިއަށްދަނީ އައްޑޫ ސިޓީގެ ދެ ސަރަހައްދެއްގައެވެ. އެގޮތުން، ހުޅުދޫ އާއި މީދޫ މި 2 އަވަށަށް 1 ކްލާސް އަދި ފޭދޫ، މަރަދޫފޭދޫ، މަރަދޫ އަދި ހިތަދޫ މި 4 އަވަށަށް 1 ކްލާސް ނަގާގޮތަށެވެ. މި ކޯސް ރާވާ ހިންގާ ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިވާ ކަންކަން ހިމަނައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

 

ކޯސް ހިންގާ އިންސްޓިޓިއުޓް ނުވަތަ އެފަރާތެއްގެ މަޢުލޫމާތު - .

- ކޯސް ނިމޭއިރު ދަރިވަރުންނަށް ހާސިލް ވާނޭ މިންވަރު.

- ކޯސް ކުރިޔަށް ގެންދާނެގޮތް.

- ކޯހުގެ މުއްދަތު.

- ކޯސް ހިންގައިދޭނޭ އަގު.

 

މާރކްސް ދެވޭނެގޮތް :

- އަގު %30

- ތަޖުރިބާ %30

- މުއްދަތު %20

- ހުށަހެޅުން %20

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 21 ޖުލައި 2019 ވާ އާދީއްތަދުވަހުގެ 13:00 އަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. 13:00 ގެފަހުން ގެންނަ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ޕްރޮޕޯސަލް އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެއިލް އެޑްރެސް   [email protected]   އަށްވެސް ފޮނުވިދާނެއެވެ.

 

11 ޛުލްޤަޢިދާ 1440   

14 ޖުލައި 2019



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2019/228

ޕަބްލިޝް ކުރި ތާރީޚް: 17-07-2019

ސުންގަޑި: 2019-07-21 13:00:00