އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ ހިތަދޫ އަވަށު މެދުދާއިރާގައި ފިނިމައިޒާނެއް ހެދުމުގެ މަސައްކަތް.

9 ޖެނުއަރީ 2017     7 years ago


އައްޑޫސިޓީގެ ހިތަދޫ އަވަށު މެދުދާއިރާގައި ފިނިމައިޒާނެއް ހެދުމުގެ މަސައްކަތް.

 

އައްޑޫސިޓީގެ ހިތަދޫ އަވަށު މެދުދާއިރާގައި ފިނިމައިޒާނެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:(IUL)426-AA/426/2016/244    އިޢުލާނަށް އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ހުށަހެޅިފައިނުވާތީ މިއިޢުލާން ބާޠިލްކޮށް އަލުން މިފުރުސަތު ހުޅުވާލަމެވެ.

ވީމާ މިއިދާރާއިން ދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 15 ޖަނަވަރީ 2017 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މި  އިދާރާއަށް  ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 18 ޖަނަވަރީ 2017 ވާ ބުދަ ދުވަހުގެ ހެނދުނު 11.00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ އެވެ.          

                              މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލް ގައެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ ކޮންފަރެންސް ހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

07 ރަބީޢުލްއާޚިރު 1438 

05 ޖަނަވަރީ 2016



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2017/4

ޕަބްލިޝް ކުރި ތާރީޚް: 09-01-2017

ސުންގަޑި: 2017-01-18 11:00:00