އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އޭޕީސީގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސް

23 ޖުލައި 2019     4 years ago


އިޢުލާން

 

2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސް

  1. ޖަލްސާގެ ދަޢުވަތު

           އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް މި ކޯޕަރޭޓިވް ސޮސައިޓީގެ އެންމެހައި މެމްބަރުންނަށް ދަޢުވަތު އަރުވަމެވެ.  ކޯޕަރޭޓިވް ސޮސައިޓީގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 03 އޮގަސްޓް 2019 ވާ ހޮނިހިރު ދުވަހުގެ 20:30 ގައި، އައްޑޫ ސިޓީ ކައުންސިލްގެ ކޮންފަރެންސް ހޯލުގައެވެ.

  1. ޖަލްސާގެ މަޤްޞަދު

           އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަކީ، ދިވެހި ރާއްޖޭގެ ޤާނޫން ނަންބަރ 2007/3 "ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނު" ގެ 22 ވަނަ މާއްދާ އާއި އަދި އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީގެ ހިންގާ ޤަވާއިދުގެ 31 ވަނަ މާއްދާގެ ދަށުން، ބަޔާންކުރެވިފައިވާ އެޖެންޑާއާއި އެއްގޮތަށް ކުރިއަށް ގެންދެވޭ ބައްދަލުވުމުކެވެ.

  1. ޖަލްސާގެ އެޖެންޑާ
  1. ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށުން
  2. އެންމެ ފަހުން ބޭއްވި އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
  3. އޮޑިޓް ރިޕޯޓާމެދު މަޝްވަރާކުރުން
  4. ކުރިއަށް އޮންނަ އަހަރުގެ ބަޖެޓް ފާސްކުރުން
  5. އަހަރީ ރިޕޯޓާމެދު މަޝްވަރާ ކުރުން
  6. ހިންގާ ޤަވާއިދަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުން
  7. ހިންގާ ކޮމެޓީގެ މެމްބަރުން އިންތިޙާބުކުރުން
  8. ސޮސައިޓީގެ ހިސާބުތައް އޮޑިޓްކުރާނެ ފަރާތެއް ކަނޑައެޅުން
  9. ސާފު ފައިދާ ބަހާނެ ނުވަތަ އިންވެސްޓް ކުރާނެ ގޮތެއް ކަނޑައެޅުން
  10. ސޮސައިޓީގެ މަސައްކަތާއި މުސްތަޤްބަލުގައި ސޮސައިޓީން ކުރަން ޤަސްދުކުރާ ކަންތައްތަކާދޭތެރޭ މަޝްވަރާ ކުރުން

 

  1. ޖަލްސާގައި ބައިވެރިވެވޭނެ ފަރާތްތައް

           އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީގެ ހިއްސާ ބައްލަވައިގަންނަވާ ބޭފުޅުންގެ ތެރެއިން 01 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:30 އާއި ހަމައަށް ހިއްސާ ބައްލަވައިގަންނަވާ ފަރާތްތަކަށެވެ.

 

 

 

  1. ކުރިއަށް އޮތް ދައުރަށް ހިންގާ ކޮމެޓީއަށް މެމްބަރުން ޢައްޔަންކުރުން އަދި އިންތިހާބުކުރުން

           ކުރިއަށް އޮތް ދައުރަށް މިކޯޕަރޭޓިވް ސޮސައިޓީގެ ހިންގާ ކޮމެޓީއަށް އައްޑޫ ސިޓީ ކައުންސިލުގެ ފަރާތުން އައްޔަން ކުރައްވާފައިވަނީ:

  1. އަލްފާޟިލް ޤައިސް ނަސީރު، ސީވިއު / ސ.ހިތަދޫ
  2. އަލްފާޟިލް އަޙުމަދު ރަޝީދު، ބާޒިބާގެ / ސ.ހިތަދޫ
  3. އަލްފާޟިލް ޝާފިޢު ޖަމީލް، ޖަޒީރާ / ސ.ހިތަދޫ
  4. އަލްފާޟިލް މުސްތަންސިރު މުސްތަފާ، ގަސްދޮށުގެ / ސ.ހިތަދޫ
  5. އަލްފާޟިލް އިބްރާހިމް ސަޢުދު، މަޙުމާގަސްދޮށުގެ / ސ.ހިތަދޫ

ކުރިއަށް އޮތް ދައުރަށް އާންމު މެމްބަރުންގެ ތެރެއިން ހިންގާ ކޮމެޓީއަށް އިންތިޙާބުކުރާ 10 މެމްބަރުންގެ ނަން ހުށަހެޅުމާއި ތާއީދުހޯދުން އަދި ވޯޓުނެގުން އޮންނާނީ އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީގެ ހިންގާ ޤަވާއިދުގެ 50، 51 އަދި 52 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން އަހަރީ އާންމު ޖަލްސާ އަށް ހުށަހަޅައިގެންނެވެ.

 

18 ޖުލައި 2019



ބާވަތް: އިއުލާން

ނަންބަރ: (IUL)APC/2019/03

ޕަބްލިޝް ކުރި ތާރީޚް: 23-07-2019

ސުންގަޑި: 2019-08-03 20:30:00