ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް
އައްޑޫސިޓީ ކައުންސިލް އިދާރާގެ ސެކިއުރިޓީ އެއްއަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން19 ޖެނުއަރީ 2017 ވަނަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 25 ޖެނުއަރީ 2017 ވަނަ ދުވަހުގެ 13.00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ އައްޑޫސިޓީ ކައުންސިލް އިދާރާއަށެވެ
މައުލޫމާތު ސާފުކޮށްދިނުމާއި ޕްރޮޕޯސަލް ބަލައިގަތުން ކަނޑައެޅިފައިވާ ގަޑީގެފަހުން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
13 ރަބީއުލްއާޚިރު 1438
11 ޖެނުއަރީ 2017