އައްޑޫސިޓީ ކައުންސިލްގެ އިދާރާ

"އައްޑޫ އެވޯޑް 2019" އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

8 އޯގަސްޓް 2019     4 years ago


އިޢުލާން

 

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ، "އައްޑޫ އެވޯޑް 2019" އަކީ، އައްޑޫ ސިޓީ އަށް އެކި ގޮތްގޮތުން ރީތި ނަމާއި ފަޚުރާއި ޝަރަފް ހޯދާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނާއި، ހިތްވަރު ދިނުމުގެ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ދިނުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ. އައްޑޫސިޓީ ކައުންސިލުން "އައްޑޫ އެވޯޑް 2019" އަށް ޢާންމު ކޮށްފައިވާ ޤަވާއިދު މި އިދާރާގެ ވެބްސައިޓް އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. މި އެވޯޑް ދިނުމަށް ހަމަޖެހިފައި ވަނީ ތިރީގައި މިވާ 4 ގިންތި އަށް ބިނާކޮށްގެންނެވެ. އެއީ؛

  • ޝަރަފުވެރި ކަމުގެ އިނާމް
  • ޚިދުމަތުގެ އިނާމް
  • ހިތްވަރު ދިނުމުގެ އިނާމް
  • މަތީ ދަރަޖައިގެ އިނާމް

ވީމާ، މިއެވޯޑަށް ނަން ހުށަހެޅުއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން  10 އޮކްޓޫބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން އައްޑޫސިޓީ ކައުންސިލް އިދާރާ އަށް އެޕްލިކޭޝަން ފޯމު ހުށަހެޅުއްވުމަށް ވަނީ ފުރުސަތު ހުޅުވާލެވިފައެވެ.

"އައްޑޫސިޓީ އެވޯޑް 2019" ގެ އެވޯޑަށް ކުރިމަތިލުމުގެ އެޕްލިކޭޝަން ފޯމް އައްޑޫސިޓީ ކައުންސިލް އިދާރާގެ ކައުންޓަރުން، ރަސްމީގަޑީގައި ލިބެން ހުންނާނެއެވެ. އަދި އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ވެބްސައިޓް www.adducity.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުން ވާނަމަ [email protected]  އަށް މެއިލްކުރެއްވުން އެދެމެވެ.

 

06 ޛުލްހިއްޖާ  1440     

07 އޮގަސްޓު  2019       



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2019/273

ޕަބްލިޝް ކުރި ތާރީޚް: 08-08-2019

ސުންގަޑި: 2019-10-10 14:00:00