އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވިލާ ކޮލެޖް ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

8 އޯގަސްޓް 2019     4 years ago


ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު

 

2017 ވަނަ އަހަރު ވިލާ ކޮލެޖާއި އައްޑޫސިޓީ ކައުންސިލާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ތަޢާރަފުކުރެވިފައިވާ 'ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕް' އަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕަކީ ވިލާ ކޮލެޖުގެ ހިތަދޫ ކެމްޕަހުގައި ކިޔަވަމުންދާ ދަރިވަރުންގެ ޢަދަދަށް ނިސްބަތްކޮށް، އައްޑޫސިޓީގެ ދެ ފަރާތަކަށް ފުރަތަމަ ޑިގްރީ އަދި މާސްޓަރސް ޑިގްރީ ފެންވަރަށް، ހިލޭ ކިޔެވުމަށް ހުޅުވާލެވުނު ދެ ފުރުޞަތެވެ.

ވީމާ، މިސްކޮލަރޝިޕަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 އޮގަސްޓް 20 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ސްކޮލަރޝިޕަށް އެދޭ ފޯމު އައްޑޫސިޓީ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ސްކޮލަރޝިޕަށް އެދޭ ފޯމު އަދި ސްކޮލަރޝިޕާ ގުޅޭ މަޢުލޫމާތު ޝީޓް ކައުންސިލް އިދާރާގެ ކައުންޓަރުން އަދި ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެ ވާހަކަވެސް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު 6888820 ފޯނަށް ގުޅުއްވުން އެދެމެވެ.

19 ޛުލްޙިއްޖާ 1440

08 އޮގަސްޓް 2019



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CB/426/2019/283

ޕަބްލިޝް ކުރި ތާރީޚް: 08-08-2019

ސުންގަޑި: 2019-08-20 14:00:00