އައްޑޫސިޓީ ކައުންސިލްގެ އިދާރާ

"އައްޑޫ އެވޯޑް 2016" ޙަފްލާއަށް ބޭނުންކުރާ ތަކެތި ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް

12 ޖެނުއަރީ 2017     7 years ago


"އައްޑޫ އެވޯޑް 2016"   

 

"އައްޑޫ އެވޯޑް 2016" ޙަފްލާއަށް ބޭނުންކުރާ ތަކެތި ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)426-CA/426/2016/259 އިޢުލާނަށް އެކަށީގެންވާ އަދަދަކަށް އަންދާސީ ހިސާބު ހުށަހެޅިފައި ނުވާތީ މި އިޢުލާން ބާތިލުކޮށް އަލުން މިފުރުސަތު ހުޅުވައިލަމެވެ.

ވީމާ، މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން، 16 ޖެނުއަރީ 2017 ވާ ހޯމަ ދުވަހުގެ 11.00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އެވޯޑު ޙަފްލާއަށް ބޭނުންކުރާ ތަކެތި ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އައްޑޫސިޓީ ކައުންސިލް އިދާރާގެ ވެބްސައިޓް (www.adducity.gov.mv) އިން ޑައުންލޯޑް ކުރެވެން ހުންނާނެ ވާހަކަ ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

ކަނޑައެޅިފައިވާ ގަޑީގެ ފަހުން އަންނަ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ދެވެންނެއް ވާހަކަ ދެންނެވީމެވެ.

13 ރަބީޢުލްއާޚިރު 1438

11 ޖެނުއަރީ 2017  



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2017/7

ޕަބްލިޝް ކުރި ތާރީޚް: 12-01-2017

ސުންގަޑި: 2017-01-16 11:00:00