އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫ އަވަށުން 2 ބިން ކުއްޔަށް ދޫކުރުމަށް

21 އޯގަސްޓް 2019     4 years ago


އިޢުލާން

 

އައްޑޫސިޓީގެ މަރަދޫ އަވަށުގެ މިދަންނަވާ 2 ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

#

ބިން އޮތް ތަން

ބިން ދޫކުރެވޭ ބޭނުން

1

"ތައުޒަންބީސީ" ރެސްޓޯރަންޓުގެ އިރުދެކުނު ގައިވާ

20x100ފޫޓުގެ ބިން

(ޗާޓުގައި ފާހަގަކުރެވިފައިވާ 1ވަނަ ނަންބަރު ބިން)

ކެފޭ، ހޮޓާ، ރެސްޓޯރެންޓް ހިންގުމަށް ނުވަތަ ޕޭސްޓްރީ ވިޔަފާރި ކުރުމަށް

2

"ލޯކަލް މާރުކޭޓު"ޢިމާރާތުގެ ހުޅަނގުއުތުރު ގައިވާ

50x40 ފޫޓުގެ ބިން  

(ޗާޓުގައި ފާހަގަކުރެވިފައިވާ 2ވަނަ ނަންބަރު ބިން)

ޢާއްމު ވިޔަފާރިއަށް

 

މި ބިންތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބިޑް ވިއްކުން އޮންނާނީ 2019 އޮގަސްޓް 22އިން ސެޕްޓެމްބަރ 12ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00ން 13:00އަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ އާއި މަރަދޫ އަވަށު އޮފީހުގައެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ) އެވެ. ބިޑް ބަލައިގަތުން އޮންނާނީ 2019 ސެޕްޓެމްބަރ16 ވާ ހޯމަ ދުވަހު 11:00ގައި ކައުންސިލްގެ އިދާރާގައެވެ.

މިބިންތައް ކުއްޔަށް ދޫކުރެވޭ އުޞޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑު ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

 ވީމާ، މިކަން ޢާންމުކޮށް އިޢުލާނުކުރީމެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6885003 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

20 ޛުލްޙިއްޖާ  1440

21  އޮގަސްޓް  2019



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2019/297

ޕަބްލިޝް ކުރި ތާރީޚް: 21-08-2019

ސުންގަޑި: 2019-09-12 21:00:00