އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ހުޅުދޫ އަވަށުގެ އެސް.ޓީ.އޯ އިމާރާތުގެ ދެވަނަ ފަންގިފިލާގައި ޕާޓިޝަން ޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

22 އޯގަސްޓް 2019     4 years ago


އިޢުލާން

 

އައްޑޫ ސިޓީ ހުޅުދޫ އަވަށުގެ އެސް.ޓީ.އޯ އިމާރާތުގެ ދެވަނަ ފަންގިފިލާގައި ޕާޓިޝަން ޖެހުމުގެ މަސައްކަތް ކުރުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)426-AA/426/2019/218 އިއުލާނަށް އެކަށީގެންވާ އަދަދަށް ބީލަން ހުށަހެޅިފައި ނުވާތީ މިދެންނެވުނު އިއުލާން ބާޠިލުކޮށް މިފުރުސަތު އަލުން ހުޅުވާލަމެވެ

ވީމާ މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. ބިޑް ވިއްކުން އޮންނާނީ 2019 އޮގަސްޓް 22 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00ން ފެށިގެން 2019 އޮގަސްޓް 28 ވާ ބުދަ ދުވަހުގެ މެންދުރު 12:00އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއާއި ހުޅުދޫ އަދި މީދޫ އަވަށު އޮފީހުންނެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.

ބީލަންތައް ބައްލަވައިގަންނަވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ސެޝަން އޮންނާނީ 2019 އޮގަސްޓް 29 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2019 ސެޕްޓެންބަރު 01 ވާ އާދިއްތަ ދުވަހުގެ 11:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައާއި ހުޅުދޫ އަދި މީދޫ އަވަށު އޮފީހުންނެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2019 އޮގަސްޓް 22 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2019 އޮގަސްޓް 29 ވާ ބުރާސްފަތި ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2019 އޮގަސްޓް 29 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް:  [email protected]   

ކޮޕީ :  [email protected]

20 ޛުލްޙިއްޖާ 1440 

21 އޮގަސްޓް 2019



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2019/298

ޕަބްލިޝް ކުރި ތާރީޚް: 22-08-2019

ސުންގަޑި: 2019-08-28 12:00:00