އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ 2 އަވަށެއްގައި ޕަމްޕް ހައުސް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

15 ޖެނުއަރީ 2017     7 years ago


އައްޑޫސިޓީގެ 2 އަވަށެއްގައި ޕަމްޕް ހައުސް ހެދުމުގެ މަސައްކަތް

 

ފެންބޮޑުވުމުގެ ހާދިސާތަކަށް ވިލުންވެރިކަން އިތުރުކުރުމުގެ މަޝްރޫޢުގެ ދަށުން ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް ސެންޓަރާއި މި އިދާރާއާއި ގުޅިގެން އައްޑޫސިޓީގެ ހިތަދޫ އަދި ފޭދޫ އަވަށުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ޕަމްޕް ހައުސް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.          

 ވީމާ މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 18 ޖަނަވަރީ 2017 ވާ ބުދަދުވަހު މެންދުރުފަހު 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 23 ޖަނަވަރީ 2017 ވާ ހޯމަދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެއެވެ.          

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި އިދާރާގެ ކޮންފަރެންސް ހޯލް ގައެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މި އިދާރާގެ ކޮންފަރެންސް ހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މި ސެޝަންތަކުގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.

17 ރަބީޢުލްއާޚިރު 1438 

15 ޖަނަވަރީ 2017



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2017/1

ޕަބްލިޝް ކުރި ތާރީޚް: 15-01-2017

ސުންގަޑި: 2017-01-18 13:00:00