އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޑަބްލިއުޑީސީ އިން ހިންގާ "ކަސަބު ވިޔަން ދަސްކޮށްދޭ ކޯސް" ހިންގައިދޭނެ ފަރާތެއް ހޯދުމަށް

29 އޯގަސްޓް 2019     4 years ago


އިޢުލާން

 

އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން "ކަސަބު ވިޔަން ދަސްކޮށްދޭ ކޯސް" ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަމްބަރ: (IUL)426-CA/426/2019/232 އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައި ނުވުމާއިއެކު، މި ދެންނެވުނު އިޢުލާން ބާޠިލުކޮށް މި ކޯސް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

 

ކޯސް ހިންގާ އިންސްޓިޓިއުޓް ނުވަތަ އެފަރާތެއްގެ މަޢުލޫމާތު - .

- ކޯސް ނިމޭއިރު ދަރިވަރުންނަށް ހާސިލް ވާނޭ މިންވަރު.

- ކޯސް ކުރިޔަށް ގެންދާނެގޮތް.

- ކޯހުގެ މުއްދަތު.

- ކޯސް ހިންގައިދޭނޭ އަގު.

 

މާރކްސް ދެވޭނެގޮތް :

- އަގު %30

- ތަޖުރިބާ %30

- މުއްދަތު %20

- ހުށަހެޅުން %20

 

         ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 5 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. 11:00 ގެ ފަހުން ގެންނަ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ޕްރޮޕޯސަލް އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެއިލް އެޑްރެސް [email protected]   އަށް ވެސް ފޮނުވިދާނެއެވެ.

 

27 ޛުލްހިއްޖާ  1440   

28 އޮގަސްޓް 2019



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2019/295

ޕަބްލިޝް ކުރި ތާރީޚް: 29-08-2019

ސުންގަޑި: 2019-09-05 23:00:00