އައްޑޫސިޓީ ކައުންސިލްގެ އިދާރާ

"އައްޑޫ ސިޓީ އެވޯޑް 2016" ޙަފްލާ ލައިވްކޮށްދޭނެ ފަރާތެއް ހޯދުމަށް

24 ޖެނުއަރީ 2017     7 years ago


"އައްޑޫ ސިޓީ އެވޯޑް 2016" ޙަފްލާ ލައިވްކޮށްދޭނެ ފަރާތެއް ހޯދުމަށް

 

"އައްޑޫ ސިޓީ އެވޯޑް 2016" ޙަފްލާ ލައިވްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:   (IUL)426-AA/426/2017/10އިޢުލާނާއި ގުޅިގެން އެ މަސައްކަތަށް އަގު ހުށަހެޅީ އެންމެ ފަރާތަކުން ކަމަށްވާތީ، ތިރީގައިވާ ތަފްޞީލާއި އެއްގޮތަށް ޙަފްލާ ލައިވްކޮށްދިނުމުގެ އަގު ހުށަހެޅުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

  • ފެބުރުވަރީ 03 ވާ ހުކުރު ދުވަހު ބޭއްވޭ "އައްޑޫ އެވޯޑް 2016" ޙަފްލާ 3 ގަޑިއިރަށް ލައިވްކުރުން (ޖަލްސާ ފެށޭނީ ރޭގަނޑު 09:00ގައި).
  • 2 ނުވަތަ 3 އެންގަލުން ޙަފްލާ ލައިވްކުރެވޭނެ އިންތިޒާމް ހަމަޖެހިފައިހުރުން.
  • ޙަފްލާގައި ކައުންސިލް އިދާރާއިން ދައްކަން ބޭނުންވާ ވީޑިއޯ ޕްރޮފައިލް ލައިވް ފީޑުން ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވުން.
  • މި މަސައްކަތަށް އަގު ދެއްވާނީ ލައިވްކުރުމުގެ އަގުގެ އިތުރަށް ޓްރާންސްޕޯޓާއި އެކޮމޮޑޭޝަން ފަދަ ހުރިހާ ކަމަކަށް ހިނގާނެ ޚަރަދު އަގުގެ ތެރޭގައި ހިމެނޭ ގޮތަށް.
  • މި މަސައްކަތަށް މަޢުލޫމާތު ދިނުމުގެ ވަކި ސެޝަނެއް ނޯންނާނެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖަނަވަރީ 26 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ [email protected] އީމެއިލް އެޑްރެހަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 11:00 ގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ސެޝަނުގައި ބައިވެރިނުވެވޭނެއެވެ. އަދި 11:00 ގެ ފަހުން ލިބޭ މެއިލްވެސް ބަލައިނުގަނެވެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6888917 ށް ގުޅުއްވުން އެދެމެވެ.  

26 ރަބީޢުލް އާޚިރު 1438

24 ޖަނަވަރީ 2017



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2017/15

ޕަބްލިޝް ކުރި ތާރީޚް: 24-01-2017

ސުންގަޑި: 2017-01-26 11:00:00