އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މީދޫ އިޖްތިމާޢީ މަރުކަޒު ބެލެހެއްޓުމާއި ހަވާލުވާނެ ފަރާތެއް ހޯދުމަށް

24 ޖެނުއަރީ 2017     7 years ago


މީދޫ އިޖްތިމާޢީ މަރުކަޒު ބެލެހެއްޓުމާއި ހަވާލުވާނެ ފަރާތެއް ހޯދުމަށް

 

އައްޑޫސިޓީގެ މީދޫ އިޖްތިމާޢީ މަރުކަޒު ބަލަހައްޓައި ދިނުމަށް ޝައުޤުވެރިވާ ފަރާތަކާ އެތަން ޙަވާލުކުރުމަށް އައްޑޫސިޓީ ކައުންސިލުން ނިންމަވާފައިވާތީ، މީދޫ އިޖްތިމާޢީ މަރުކަޒުގެ ޙާލަތު ރަނގަޅުކޮށް ޒުވާނުންނަށް ބޭނުންކުރެވޭނެ ގޮތަކަށް ތަން ހިންގައިދިނުމަށް ޝައުޤުވެރިވާ ޖަމްޢިއްޔާތަކުން 26 ޖަނަވަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއޮފީހަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް  ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ވަކި ޚާއްޞަ ސެޝަނެއް ނޯންނާނެއެވެ.

ހުށަހަޅުއްވާ ޕްރޮޕޯސަލްތަކުގައި މިދަންނަވާ މައުލޫމާތު ހިމަނަންޖެހޭނެއެވެ.

  1. ޖަމްޢިއްޔާގެ ރަޖިސްޓްރީ ކޮޕީ
  2. ކުންފުންނި / ޖަމްޢިއްޔާގެ ޕްރޮފައިލް
  3. ޖަމްޢިއްޔާގެ ޕްރޮފައިލާއި މިހާތަނަށް ހިނގާފައިވާ ގޮތުގެ ޚުލާސާ ރިޕޯޓް
  4. ހުށަހެޅުން (ތަން ތަރައްޤީކުރުމަށް ހުށަހަޅާގޮތުގެ ތަފްސީލު އަދި އިންވެސްޓްމެންޓްގެ އަގު)
  5. ޖަމްޢިއްޔާއިން ހިންގާނެ މައިގަނޑު ހަރަކާތްތައް

އިވެލުއޭޝަންގައި މާކްސް ދެވޭނެ މިންގަނޑު ތިރީގައި މިދަންނަވަނީއެވެ.

  • ޖަމްޢިއްޔާގެ ރަޖިސްޓްރީ ކޮޕީއާއި ޕްރޮފައިލް 30%
  • ހުށަހެޅުން (ތަންތަރައްޤީކުރުމަށް ހުށަހަޅާގޮތުގެ ތަފްސީލު އަދި އިންވެސްޓްމެންޓްގެ އަގު)40%
  • ޖަމްޢިއްޔާއިން ހިންގާނެ މައިގަނޑު ހަރަކާތްތައް30%

 

20 ރަބީޢުލްއާޚިރު 1438

18 ޖަނަވަރީ    2017



ބާވަތް: އިއުލާން

ނަންބަރ: (IUL)426-1B/426/2017/12

ޕަބްލިޝް ކުރި ތާރީޚް: 24-01-2017

ސުންގަޑި: 2017-01-26 11:00:00