އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫގައި އިމާރާތް ކޮށްފައިވާ ފްލެޓް ސަރަހައްދު (އިންފާރުގެ އެތެރެ) ސާފުކޮށް ލެވެލް ކޮށްދޭނެ ފަރާތެއް ހޯދުމަށް

15 އޮކްޓޯބަރ 2019     4 years ago


އިޢުލާން

 

އައްޑޫ ސިޓީ ހިތަދޫގައި އިމާރާތް ކޮށްފައިވާ ފްލެޓް ސަރަހައްދު (އިންފާރުގެ އެތެރެ) ސާފުކޮށް ލެވެލް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

ވީމާ، މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބިޑް ހުށަހެޅުއްވުން  އެދެމެވެ. ބިޑް ވިއްކުން އޮންނާނީ 2019 އޮކްޓޫބަރު 15 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 2019 އޮކްޓޫބަރު 17 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިންނާއި، ހުޅުދޫ އަދި އަވަށު އޮފީހުންނެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.

ބީލަންތައް ބައްލަވައިގަންނަވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ސެޝަން އޮންނާނީ 2019 އޮކްޓޫބަރު 20 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ފްލެޓް ސަރަހައްދު ހުންނަ އޮފީހުގައެވެ. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2019 އޮކްޓޫބަރު 21 ވާ ހޯމަ ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައާއި ހުޅުދޫ އަވަށު އޮފީހުގައެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް:  [email protected]   

ކޮޕީ :  [email protected]

15 ޞަފަރު 1441 

14 އޮކްޓޫބަރު 2019



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2019/375

ޕަބްލިޝް ކުރި ތާރީޚް: 15-10-2019

ސުންގަޑި: 2019-10-17 13:00:00