އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލުން މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ރައްޔިތުންނާއި ބައްދަލުކުރުމަށް

22 ފެބުރުއަރީ 2017     7 years ago


އިޢުލާން

ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނުގައިވާ ވާގޮތުގެމަތީން އައްޑޫސިޓީ ކައުންސިލްގެ ފަރާތުން އައްޑޫސިޓީގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުން މި ފެބްރުވަރީ މަހުގެ 26، 27 އަދި 28 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިބައްދަލުވުމަކީ ފާއިތުވި އަހަރުގެ އަހަރީ ރިޕޯރޓް ހުށަހެޅުމާއި، މި ހިނގާ އަހަރު ކައުންސިލުން ކުރިއަށް ގެންދަން ރާވާފައިވާ ކަންކަން ރައްޔިތުންނާއި ޙިއްޞާކޮށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބާއްވާ ބައްދަލުވުމެކެވެ. މިގޮތުން މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާއި ބައްދަލުކުރުން 27 ފެބްރުވަރީ 2017 ވާ ހޯމަ ދުވަހުގެރޭ 8:30 ގައި މަރަދޫ ބޮނޑަގެ ހޯލުގައި އޮންނާނެއެވެ.

ވީމާ، މިބައްދަލުވުމުގައި މިރަށުގެ ވީހާ ގިނަބޭފުޅުން ބައިވެރިވެ ވަޑައިގެން ދެއްވުމަށް ދެންނެވީމެވެ.

18ޖުމާދަލްއޫލާ 1438

15ފެބްރުވަރީ 2017    



ބާވަތް: އިއުލާން

ނަންބަރ: (IUL)426-4B/426/2017/25

ޕަބްލިޝް ކުރި ތާރީޚް: 22-02-2017

ސުންގަޑި: 2017-02-27 20:30:00