އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ އެކި ސަރަހައްދުތަކުގައި ބަސް ސްޓޮޕްތަކެއް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް

10 ޑިސެމްބަރ 2019     4 years ago


އިޢުލާން

 

 

އައްޑޫސިޓީގެ އެކި ސަރަހައްދުތަކުގައި، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން، ބަސް ސްޓޮޕްތަކެއް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. ބިޑް ވިއްކުން އޮންނާނީ 2019 ޑިސެންބަރު 11 ވާ ބުދަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 2019 ޑިސެންބަރު 17 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިންނާއި، ހުޅުދޫ އަވަށު އޮފީހުންނެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.

ބީލަން ބައްލަވައިގަންނަވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ސެޝަން އޮންނާނީ 2019 ޑިސެންބަރު 18 ވާ ބުދަ ދުވަހުގެ 11:30 ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2019 ޑިސެންބަރު 22 ވާ އާދިއްތަ ދުވަހުގެ 13:30ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2019 ޑިސެންބަރު 11ވާ ބުދަ ދުވަހުން ފެށިގެން 2019 ޑިސެންބަރު 19 ވާ ބުރާސްފަތި ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2019 ޑިސެންބަރު 19 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ. މެއިލްމެދުވެރިކޮށް ކަނޑައެޅިފައިވާ ވަގުތަށް މައުލޫމާތު ނުލިބޭނަމަ ކައުންސިލްގެ އިދާރާގެ ޕްރޮޖެކްޓްސް ސެކްޝަނަށް ވަޑައިގަތުމުން މައުލޫމާތު ހިއްސާކުރެވޭނެއެވެ.

އީމެއިލް:  [email protected]   

ކޮޕީ :  [email protected]

13 ރަބީޢުލްއާޚިރު 1441 

10 ޑިސެންބަރު 2019



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2019/444

ޕަބްލިޝް ކުރި ތާރީޚް: 10-12-2019

ސުންގަޑި: 2019-12-17 13:00:00