އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ އަވަށު ކުރީގެ ސަދަންޕޮއިންޓް ރެސްޓޯރަންޓް ހިންގި އިމާރާތް ކުއްޔަށް ދޫކުރުމަށް

30 ޑިސެމްބަރ 2019     4 years ago


އިޢުލާން

 

ހުޅުދޫ އަވަށު ކުރީގެ ސަދަންޕޮއިންޓް ރެސްޓޯރަންޓް ހިންގި އިމާރާތް ކުއްޔަށް ދޫކުރުމަށް

 

އައްޑޫސިޓީ ހުޅުދޫ އަވަށު ކުރީގެ ސަދަންޕޮއިންޓް ރެސްޓޯރަންޓް ހިންގި އިމާރާތް ކެފޭ، ހޮޓާ، ރެސްޓޯރެންޓް ނުވަތަ ޑައިވިންގް ސުކޫލެއް/ޑައިވިންގް ސެންޓަރެއް ހިންގުމަށް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ.

 

މި މަސައްކަތާއި ގުޅޭ ބީލަން ފޯމް 2020 ޖަނަވަރީ 05 ވާ އާދީއްތަ ދުވަހުން ފެށިގެން 2020 ޖަނަވަރީ 12 ވާ އާދީއްތަ ދުވަހުގެ 13:00 ނިޔަލަށް މިއިދާރާއިން އަދި ހުޅުދޫ އަވަށު އޮފީހުން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ފޯމެއްގެ އަގަކީ 300ރ (ތިން ސަތޭކަ ރުފިޔާ) އެވެ. ބީލަން ހުޅުވުން އޮންނާނީ 2020 ޖަނަވަރީ 20 ވާ ހޯމަ ދުވަހުގެ 14:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ ހޯލުގައި އަދި ހުޅުދޫ އަވަށު އޮފީހުގައެވެ.

 

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަންޖެހޭ ކަމަށްވާނަމަ 2020 ޖަނަވަރީ 05 ވާ އާދިއްތަ ދުވަހުން ފެށިގެން 2020 ޖަނަވަރީ 18 ވާ ހޮނިހިރު ދުވަހުގެ 14:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2020 ޖަނަވަރީ 19 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގަންނަވާ ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

 

ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

 

އީމެއިލް: [email protected]

 

ކޮޕީ: [email protected]

02 ޖުމާދަލް އޫލާ 1441

29 ޑިސެންބަރު 2019



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2019/473

ޕަބްލިޝް ކުރި ތާރީޚް: 30-12-2019

ސުންގަޑި: 2020-01-12 13:00:00