އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އެޑްވާންސް ސެޓްފިކެޓް އިން ސިވިލް އިންޖިނިއަރިންގ ކޯހާއި ގުޅޭ

30 ޑިސެމްބަރ 2019     4 years ago


އިޢުލާން

 

އެޑްވާންސް ސެޓްފިކެޓް އިން ސިވިލް އިންޖިނިއަރިންގ ކޯހާއި ގުޅޭ:

 

ދިވެހިރާއްޖޭގެ މަސައްކަތްތެރިކަމުގެ ބާޒާރަށް ދިވެހިން ނެރުމާއި، އެކިއެކި ވަޒީފާތަކަށް ދިވެހިންނަށް ބޭނުންވާ ފަންނީ ތަމްރީނާއި ހުނަރުވެރިކަން ދަސްކުރުމުގެ ފުރުޞަތު ހޯދާ ދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ޢިމާރާތް ކުރުމާއި އަދި މަސައްކަތްތެރި ކަމުގެ ސިނާޢަތުގައި މަސައްކަތް ކުރަމުންދާ ދިވެހި މުވައްޒަފުންގެ ހުނަރު ތަރައްޤީކުރުމަށާއި އަދި މި ދާއިރާއަށް އަމާޒުކޮށް ބޭނުންވާ ފަންނީ ފަރާތްތައް ތަމްރީނު ކުރުމަށް، ސްކިލް ޑިވެލޮޕްމެންޓްގެ މަސައްކަތްތަކެއް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އިން އައްޑޫ ސިޓީގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިއީ، މޯލްޑިވްސް ޕޮލިޓެކްނިކާއި އައްޑޫ ސިޓީ ކައުންސިލާއި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ބައިވެރިވުމާއިއެކު ހިންގާ ކޯހެކެވެ.

  • ކޯހުގެ ނަން: Advance Certificate in Civil Engineering
  • ކޯހުގެ ލެވެލް:  ސެޓްފިކެޓް ލެވެލް 3
  • ބައިވެރިވުމުގެ ޝަރުޠު : ލޯވަރ ސެކަންޑްރީ އެޑިއުކޭޝަން ފުރިހަމަކޮށްފައިވުން ނުވަތަ ސެޓްފިކެޓް ލެވެލް 3 ޙާޞިލުކޮށްފައިވުން
  • މުއްދަތު 12-18 މަސް ދުވަސް
  • ކޯސް ފެށުމަށް ހަމަޖެހިފައިވާ ތާރީޚް : ޖަނަވަރީ / ފެބްރުވަރީ
  • ކޯހުގެ ފީ :  ހިލޭ  
  • ކޯސް ކުރިއަށް ގެންދިއުން:  10 އާއި 15 އާ ދެމެދުގެ ޢަދަދަކަށް ހުށަހެޅުން ލިބިގެން.

 

ވީމާ، މި ކޯހަކީ މަސައްކަތްތެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލު ކުރުމަށް ލިބިގެންދާނެ ރަނގަޅު ފުރުޞަތަކަށްވާތީ، މި ކޯހުގައި ބައިވެރިވުމަށް ޝައިޤުވެރިވާ ފަރާތްތަކުން، މި ޑިސެންބަރ މަހުގެ 31 ވާ އަންގާރަދުވަހުގެ 13:30 ގެ ކުރިން ރަސްމީ ގަޑީގައި މި އިދާރާއަށް ގުޅުއްވައި (ފޯން ނަންބަރ: 5003 688)ނަމާއި އެޑްރެސް އަދި މޮބައިލް ނަންބަރ އެނގޭގޮތަށް މަޢުލޫމާތު ނޯޓް ކުރެއްވުން އެދެމެވެ. އީމެއިލް އިން ނަމަ [email protected] އަށް ދެންނެވުނު މަޢުލޫމާތު ފޮނުއްވައި ދެއްވުން އެދެމެވެ.

ކޯހުގެ އެޕްލިކޭޝަން ފޯމް ފުރުމަށް ފަހުން ޙަވާލު ކުރާގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

     03 ޖުމާދަލްއޫލާ  1441

       29 ޑިސެންބަރ  2019



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2019/477

ޕަބްލިޝް ކުރި ތާރީޚް: 30-12-2019

ސުންގަޑި: 2019-12-31 13:00:00