އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން (ހުޅުދޫ ފްލެޓް)

31 ޑިސެމްބަރ 2019     4 years ago


އިޢުލާން

 

 

ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

 

           ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެދަށުން ހުޅުދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ 48 ފްލެޓްގެ ތެރެއިން ކެޓަގަރީ C ގައި ހިމެނޭ 9 ފްލެޓަށް އެދުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.

            މި ފްލެޓްތަކަށް ކުރިމަތިލެވޭނީ އައްޑޫސިޓީ ހުޅުދޫ އާއި މީދޫ ގެ ރަށްޔިތުންނަށެވެ. މިއީ، ދިގުމުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ ޙަލާސްކުރާގޮތަށް، ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކެކެވެ.

 ވީމާ، ފްލެޓަށް އެދޭ ފޯމު ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިއުންތަކާއިއެކު،  16 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

  މިކަމަށް އެދޭ ފޯމު މިއިދާރާ އާއި އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ފޯމު މިއިދާރާގެ ވެބްސައިޓު www.adducity.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.  

 

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6885003، ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

 

05 ޖުމާދަލްއޫލާ 1441

31 ޑިސެންބަރު 2019

 

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން އައްޑޫ ސިޓީގެ ހުޅުދޫ އަވަށުގައި ޢިމާރާކޮށްފައިވާ 48 ފްލެޓްގެ ތެރެއިން މިހާތަނަށް ދޫނުކޮށްހުރި  9 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލު

 

C ކެޓަގަރީ. 1

މި ކެޓަގަރީގައި ހިމެނޭ 10 ފްލެޓް ގެތެރެއިން ޢާންމުކޮށް ހުޅުވާލައިގެން ދޫކުރުމަށް ހަމަޖެހިފައިވަނީ 9 ފްލެޓެވެ. މި ފްލެޓްތަކަށް ކުރިމަތިލެވޭނީ އައްޑޫސިޓީ ހުޅުދޫ އާއި މީދޫގެ ރަށްޔިތުންނަށެވެ. މިއީ، ދިގުމުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ ޙަލާސްކުރާގޮތަށް، ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކެކެވެ.

ފޯމު ހުށަހަޅާ ފަރާތުގައި ހުންނަން ޖެހޭ ޝަރުތުތައް:

  • އުމުރުން 18 އަހަރު ފުރިފައިވުން
  • ހުޅުދޫ ނުވަތަ މީދޫ އަވަށުގެ ރައްވެއްސެއްކަމުގައިވުން
  • ރާއްޖޭގެ އެއްވެސް ރަށެއްގައި ތިމާގެ ނަމުގައި ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހައްދާފައިވާ ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއް ނެތުން. 
  • ރާއްޖޭގެ އެއްވެސް ރަށެއްގައި، ތިމާގެ ނަމުގައި ގޯއްޗެއްއޮވެ މިގޯތީގެ ޢިމާރާތާއި  ގޯތީގެ ރަޖިސްޓްރީ ހައްދާފައި ނުވާނަމަ، މި ގޯތި، ސަރުކާރަށް ދޫކޮށްލަން އެއްބަސްވާ ފަރާތަކަށްވުން. އަދި މި ގޯއްޗަކީ ރަހުނުކުރެވިފައިވާ ގޯއްޗަކަށް ނުވުން. 
  • ރާއްޖޭގެ އެއްވެސް ރަށަކުން ތިމާއަށް ލިބިފައިވާ ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއް، ވޭތުވެދިޔަ 3 އަހަރު  ދުވަހު ތެރޭގައި ވިއްކާލައި މީހަކަށް ދީފައިނުވުން.
  • އެކަކަށްވުރެ ގިނަ މީހުންގެ  ނަމުގައި ރަޖިސްޓްރީކޮށްފައިވާ  ގޯޗެއްގެ ވެރިއަކަށްވެ، އެގޯތި ރަޖިސްޓްރީކޮށްފައިވާ އެންމެންގެ މެދުގައި ހަމަހަމަކޮށް ބަހާލުމުން، ތިމާއަށް ލިބޭބައި،އަދި އެގޯތިން ތިމާއަށްވާބައި، އެގޯތީގެ ބެހެނިވެރިންނަށް ދޫކޮށްލަން އެއްބަސްވާ ފަރާތަކަށް ތިމާވުން. އަދި މި ގޯއްޗަކީ ރަހުނު ކުރެވިފައިވާ ގޯއްޗަކަށް ނުވުން.

 

ފޯމު ހުށައަޅާ ފަރާތުގެ އަނބިމީހާ/ ފިރިމީހާގައި ހުންނަންޖެހޭ ޝަރުތުތައް:

 

  • އައްޑޫސިޓީގެ އެއްވެސް އަވަށެއްގައި، ތިމާގެ އަނބިމީހާގެ/ފިރިމީހާގެ ނަމުގައި އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހައްދާފައިވާ ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއް ނެތުން.
  • އައްޑޫސިޓީގެ އެއްވެސް އަވަށެއްގައި، ތިމާގެ އަނބިމީހާގެ/ފިރިމީހާގެ ނަމުގައި ގޯއްޗެއް އޮވެ މި ގޯތީގެ އިމާރާތާއި  ގޯތީގެ ރަޖިސްޓްރީ ހައްދާފައި ނުވާނަމަ، މި ގޯތި ސަރުކާރަށް ދޫކޮށްލަން ތިމާގެ އަނބިމީހާ/ފިރިމީހާ އެއްބަސްވާ ފަރާތަކަށްވުން. އަދި މިގޯއްޗަކީ ރަހުނު ކުރެވިފައިވާ ގޯއްޗަކަށް ނުވުން.

 

 

ފްލެޓްތަކަށް ފައިސާ ދެއްކުމަށް ހަމަޖެހިފައިވާ އުސޫލު:

  • ފްލެޓް ލިބޭ ފަރާތްތަކުން އެޑްވާންސްގެ ގޮތުގައި -/19000 (ނަވާރަހާސް ރުފިޔާ) ސަރުކާރަށް ދައްކަންޖެހޭނެއެވެ.
  • އަދި ފަންސަވީސް އަހަރު ދުވަހުން ފައިސާދައްކާ ހަލާސްކުރާ ގޮތަށް މަހަކު 3000/- (ތިންހާސް ރުފިޔާ) ސަރުކާރަށް ދައްކަންޖެހޭނެއެވެ.
  • ފްލެޓްގެ މެއިންޓަނަންސް ޚަރަދަށް ކޮންމެމަހަކު -/550(ފަސްސަތޭކަ ފަންސާސްރުފިޔާ) ސަރުކާރަށް ދައްކަންޖެހޭނެއެވެ.
  • މި ފްލެޓްތަކަށް ދައްކަންޖެހޭ ފައިސާ ދައްކައި ނިމެންދެން މި ފްލެޓްތައް ރަހުނު ކުރެވޭނެއެވެ.

 

 

ފްލެޓްތައް ދޫކުރުމުގައި، އިސްކަންދެވޭނެ ފަރާތްތައް ބެލުމަށްޓަކައި ޕޮއިންޓްދެވޭ އުސޫލު

 

  1. އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދު                                                          10 ޕޮއިންޓް
  2. އުމުރުން 36 އަހަރުން މަތި                                                                     07 ޕޮއިންޓް
  3. 18  އަހަރު ނުފުރޭ ދަރިން ތިބި ނަމަ ކޮންމެ ކުއްޖަކަށް 5 ޕޮއިންޓް. (މިކެޓަގަރީން އެންމެ ގިނަވެގެން ދެވޭނީ 20 ޕޮއިންޓް)   20 ޕޮއިންޓް
  4. ޙާއްސަ އެހީއަށް ބޭނުންވާ ފަރާތެއް/ ޙާއްސަ އެހީއަށް ބޭނުންވާ އެންމެ ކުއްޖެއް ނުވަތަ އެންމެ މީހެއް ބަލާ

ފަރާތެއް ކަމުގައިވާ ނަމަ 05 ޕޮއިންޓް އަދި ޙާއްސަ އެހީއަށް ބޭނުންވާ ކުދިން ނުވަތަ މީހުން ބަލާ ފަރާތްތަކަށް

އެންމެ ގިނަ ވެގެން ދެވޭނީ 15 ޕޮއިންޓް                                                                        15 ޕޮއިންޓް

  1. ތިމާގެ ނަމުގައި  ލިބިފައިވާ އެއްވެސް ގޯއްޗެއް، ބޯހިޔާވަހިކަމެއް ނެތްނަމަ                                   10 ޕޮއިންޓް
  2. ތިމާގެ ނަމުގައި އަދި ތިމާގެ އަނބިމީހާ/ފިރިމީހާގެ ނަމުގައި ލިބިފައިވާ އެއްވެސް ގޯއްޗެއް، ބޯހިޔާވަހިކަމެއް ނެތްނަމަ         15 ޕޮއިންޓް
  3. ތިމާގެ ނަމުގައި ލިބިފައިވާ ގޯތި ދޫކޮށްލަން އެއްބަސްވެފައިވާނަމަ                                           08 ޕޮއިންޓް   
  4. ތިމާގެ އަނބިމީހާ/ފިރިމީހާއަށް  ލިބިފައިވާ ގޯތި ދޫކޮށްލަން އެއްބަސްވެފައިވާނަމަ                               08 ޕޮއިންޓް
  5. ތިމާގެ މަންމަގެ ނުވަތަ ބައްޕަގެ ގޯތި،ދަރިންގެ މެދުގައި ހަމަހަމަކޮށް ބަހާލުމުން، ތިމާއަށް ލިބޭބައި ގޯތީގެ ބެހެނިވެރިންނަށް

ދޫކޮށްލަން އެއްބަސްވެފައިވާ ނަމަ08 ޕޮއިންޓް

  1. ތިމާގެ މަންމަގެ ނުވަތަ ބައްޕަގެ ނަމުގައި،އެއްވެސް އިރެއްގައި، ރަޖިސްޓްރީކޮށްފައވާ ގޯއްޗެއް ނުވަތަ  ބޯހިޔާވަހިކަމެއްނެތްނަމަ    10 ޕޮއިންޓް

މާނަކުރުން އަދި އިތުރު މައުލޫމާތު:

  • "ގޯތި ދޫކޮށްލުން" މާނަކުރަނީ ގޯތީގައިވާ ރުއްގަހާއި، ކޮށްފައިވާ މަސައްކަތާއެކުގައި،އިތުރު ބަދަލެއް ލިބުމަކާއި ނުލައި، ދޫކޮށްލުމަށް.
  • "ބޯހިޔާވަހިކަން" މާނަކުރުމުގައި، ގެއާއި ރޯހައުސް އާއި ފްލެޓް ހިމެނެއެވެ. ފްލެޓެއްނަމަ ބޮޑުމިން ބަލާނީ ފްލެޓްގެ ތަޅުމުގެ އޭރިޔާއަށެވެ.
  • ޚާއްސަ އެހީއަށް ބޭނުންވާ މީހަކު ނުވަތަ ކުއްޖަކު ބަލަމުންދާކަމުގެ ލިޔުން، އެއް ޢާއިލާއެއްގެ އެކަކަށްވުރެ ގިނަ ފަރާތުން ހުށަހެޅިނަމަވެސް، މި ޕޮއިންޓް ދެވޭނީ، މިލިޔުން ހުށައެޅި ޢާއިލާގެ މެމްބަރުންގެ މެދުން އެއްބަސްވެވޭ އެއް މެމްބަރަކަށެވެ. މިކަމުގައި މިލިޔުން ހުށައެޅި ޢާއިލާގެ މެމްބަރުންނަށް ގޮތަކަށް އެއްބަސް ނުވެވިއްޖެނަމަ، މި ޕޮއިންޓް ލިބޭ ފަރާތް، ގުރުއަތުލައިގެން، ކަނޑައަޅާނީ އައްޑޫސިޓީ ކައުންސިލްގެ އިދާރާ އިންނެވެ.
  • އުމުރު ހަމަވާކަން، ޝަރުތުހަމަވާކަން، އަދި ހާލަތު (ފިރިމީހާ/އަނބިމީހާގެ) ބަލާނީ  ފޯމް ހުށައެޅި ތާރީހަށެވެ.
  • "ވަރިވެފައިވުން" ކަމަށްބެލެވޭނީ، މިފްލެޓްތައް ދޫކުރުމަށް އިޢުލާންކުރުމުގެ ކުރިން، ކޯޓްމަރުހަލާގައި ވަރި ސާބިތުކޮށް ނިމިފައިވާނަމައެވެ.
  • މައިންބަފައިންގެ ގޯތި، ދަރިންގެ މެދުގައި ހަމަހަމަކޮށް ބަހާލުމުން، ތިމާއަށް ލިބޭބައިގެ ބޮޑުމިން ބަލައި ކަނޑައަޅާނީ އައްޑޫ އައްޑޫސިޓީ ކައުންސިލްގެ އިދާރާއިންނެވެ.
  • ދަރިންގެ ގޮތުގައި ޕޮއިންޓް ދިނުމަށްބަލާނީ  ފޯމު ހުށައަޅާ ފަރާތުގެ އުފަންދަރިންނާއި ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ބަލަންޖެހޭ ކުދިންނެވެ.
  • މި ފްލެޓްތަކަށް ވަކިވަކިން ކުރިމަތި ލުމުގެ ފުރުސަތު، ދެމަފިރިންނަށްވެސް ލިބިދެއެވެ.
  • ފްލެޓެއް ލިބުމަށް ދެމަފިރިންވެސް ހޮވިއްޖެނަމަ، ހަވާލުކުރެވޭނީ 1 ފްލެޓެވެ.
  • ފްލެޓެއް ލިބުމަށް ދެމަފިރިންވެސް ހޮވިފައިވުމުގެ ސަބަބުން ހަވާލުކުރެވޭ ފްލެޓް ދެމަފިރިންގެނަމުގައި ނުވަތަ ދެމަފިރިން އެއްބަސްވާ ގޮތެއްގެ މަތިން އަނބިމީހާ  ނުވަތަ ފިރިމީހާގެ  ނަމުގައި ޙަވާލުކޮށް ރަޖިސްޓްރީކޮށްދެވިދާނެއެވެ. މިކަމުގައި ދެމަފިރިންނަށް ވަކިގޮތަކަށް އެއްބަސް ނުވެވިއްޖެނަމަ،ފްލެޓް ހަވާލުކުރާނެ ފަރާތެއް ޤުރުއަތުލައިގެން، ކަނޑައަޅާނީ އައްޑޫސިޓީ ކައުންސިލްގެ އިދާރާއިންނެވެ.
  • ޕޮއިންޓް ދިމުނުގައި، ފޯމް ހުށައަޅާ ފަރާތުގެ ގޯއްޗާއި ބޯހިޔާވަހިކަމުގެ ތަނަވަސްކަން ބަލާނީ، "ރާއްޖޭގެ އެއްވެސް ރަށެއްގައި އޮތްތޯއެވެ".
  • ޕޮއިންޓް ދިމުނުގައި، ފޯމް ހުށައަޅާ ފަރާތުގެ އަނބިމީހާ/ފިރިމީހާގެ ގޯއްޗާއި ބޯހިޔާވަހިކަމުގެ ތަނަވަސްކަން ބަލާނީ، "ރާއްޖޭގެ އެއްވެސް ރަށެއްގައި އޮތްތޯއެވެ".
  • މީހެއްގެ ނަމުގައި ކަނޑައިދެވިފައިވާ ގޯއްޗެއް އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައި ނުވިނަމަވެސް، މި އުޞޫލުގެ ދަށުން ޝަރުތު ފުރިހަމަވޭތޯ ބެލުމުގަޢާއި، ޕޮއިންޓް ދިނުމުގައި، އެގޯތި ބަލާނީ، އެފަރާތުގެ ނަމުގައި ލިބިފައިވާ ގޯއްޗެއްގެގޮތުގައެވެ.
  • ކޯޓް ޙުކުމެއްގެ ދަށުން މީހެއްގެ ނަމުގައި ލިބިފައިވާ ގޯތި، ރަޖިސްޓްރީކޮށްފައި ނުވިނަމަވެސް، މި އުޞޫލުގެ ދަށުން ޝަރުތު ފުރިހަމަވޭތޯ ބެލުމުގައާއި، ޕޮއިންޓްދިނުމުގައި، އެގޯތި ބަލާނީ، އެފަރާތުގެ ނަމުގައި ލިބިފައިވާ ލިބިފައިވާ ގޯއްޗެއްގެ ގޮތުގައެވެ.
  • ޝަރުޢީ ހުކުމަކުން ލިބިފައިވާ ގޯއްޗާއި، ކަނޑައިދެވިފައިވާ ގޯތިތަކުގެ ތެރެއިން، ރަޖިސްޓްރީ ނުހަދާ ގޯތިތަކުގެ މަޢުލޫމާތު ސާފުކުރާނީ އައްޑޫސިޓީ ކައުންސިލްގެ އިދާރާއިންނެވެ.
  • މި އުސޫލުގައި،ލިޔެ ބަޔާންވެފައިނެތް ކަންކަމާއި ގުޅިގެން ނިންމަންޖެހޭ ކަންކަން ނިންމާނީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ މަޝްވަރާއާއިއެކު އައްޑޫސިޓީ ކައުންސިލްގެ އިދާރާއިންނެވެ.

 



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2019/480

ޕަބްލިޝް ކުރި ތާރީޚް: 31-12-2019

ސުންގަޑި: 2020-01-16 14:00:00