އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ބިދޭސީން ޤަވާއިދާއި އެއްގޮތަށް ރަޖިސްޓްރީކުރުމަށްޓަކައި ވަޒީފާދޭފަރާތަށް މަޢުލޫމާތު ދިނުމާއި ގުޅޭ

21 ޖެނުއަރީ 2020     4 years ago


އިޢުލާން

ބިދޭސީން ޤަވާއިދާއި އެއްގޮތަށް ރަޖިސްޓްރީކުރުމަށްޓަކައި ވަޒީފާދޭފަރާތަށް މަޢުލޫމާތު ދިނުމާއި ގުޅޭ

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސިންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތް ނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް ނެތި އުޅޭ ބިދޭސީން ރެގިއުލަރައިޒް ކުރުމުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްއިންވަނީ  ވަޒީފާ ދޭ ފަރާތްތަކަށް މިކަމާއި ގުޅޭ މަޢުލޫމާތު ސެޝަން އެއް ބޭއްވުމަށް ހަމަޖައްސާފައެވެ.

މި މައުލޫމާތު ސެޝަންގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެ ދެއްވުން އެދި ދެންނެވީމެވެ.

 

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 21 ޖަނަވަރީ 2020 ވަނަ ދުވަހުގެރޭ 20:00 ގައި މި އިދާރާގެ ހޯލްގައި ކަމުގައިވެސް ދެންނެވީމެވެ.

25 ޖުމާދަލްއޫލާ 1441

20 ޖަނަވަރީ 2020

 



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2020/19

ޕަބްލިޝް ކުރި ތާރީޚް: 21-01-2020

ސުންގަޑި: 2020-01-22 20:00:00