އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2019/2020

22 ޖެނުއަރީ 2020     4 years ago


އިޢުލާން

ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2019/2020ގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުމާބެހޭ

 

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުން މާލެއާއި އަތޮޅުތެރޭގައި ކުރުމަށް ހަމަޖެހިފައިވާ "ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2019/2020" ގައި ހަރަކާތްތެރިވުމަށް 24 އެނިއުމަރޭޓަރުން ބޭނުންވެއެވެ. މިސަރވޭގައި ބައިވެރިވެވޭނީ ޖީ.ސީ.އީ އޯ ލެވަލް ފެންވަރަށް ތައުލީމް ހާސިލް ކޮށްފައިވާ އަދި އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި ބޯހިމެނުން ނުވަތަ މިފަދަ ސަރވޭއެއްގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ މީހުންނަށާއި އަތޮޅުތެރެއަށް ގޮސް މަސައްކަތް ކުރެވޭ މީހުންނަށް އިސްކަން ދެވޭނެއެވެ. 

އެނިއުމަރޭޓރުންގެ ގޮތުގައިހޮވޭ މީހުންނަށް 08 ދުވަހުގެ (09 އިން 16 ފެބްރުއަރީ 2020) ތަމްރީންއެއް ދެވޭނެއެވެ. އަދި ތަމްރީނު ފުރިހަމަކޮށް ސަރވޭގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތަމްރީނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް -/100ރ ގެ އެލެވަންސެއް އަދި ސަރވޭގެ މަސައްކަތުގައި ހޭދަކުރާ ދުވަސްތަކުގައި ދުވާލަކު -/500ރ ގެ މަގުން އެލަވަންސެއް ދެވޭނެއެވެ. ސަރވޭގެ މުއްދަތުގައި ހަފްތާއަކު 08 ދުވަހު (17 އިން 24 ފެބްރުއަރީ 2020) މަސައްކަތް ކުރިއަށްދާނެއެވެ.

މިސަރވޭގެ މަސައްކަތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފުރިހަމަކުރުމަށް ތައްޔާރުކުރެވިފައިވާ މަޢުލޫމާތު ފޯމް، މި އިދާރާގެ ކައުންޓަރުންނާއި  ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ވެބްސައިޓުން ((http://www.statisticsmaldives.gov.mv/ ލިބެން ހުންނާނެއެވެ.

  

ވީމާ، މިމަސައްކަތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިދެންނެވި އެޕްލިކޭޝަން ފޯމް ފުރިހަމަކުރުއްވުމަށް ފަހު އައިޑީ ކާޑުގެ ކޮޕީއާއެކު 28 ޖަނަވަރީ 2020 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށާއި އެ އަވަށެއްގެ އަވަށު އޮފީހަކަށް ހުށަހެޅުއްވުން އެދެމެވެ. އަދި އީމޭލް [email protected])) މެދުވެރިކޮށް ވެސް ފޯމް ބަލައިގަނެވޭނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 ޖުމާދުލްއައްވަލް  1441

 



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2020/13

ޕަބްލިޝް ކުރި ތާރީޚް: 22-01-2020

ސުންގަޑި: 2020-01-28 14:00:00