އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލް އިދާރާގައި ހުރި ބައުތަކެތި ނީލަންކިއުން

27 ޖެނުއަރީ 2020     4 years ago


އިޢުލާން

ކައުންސިލް އިދާރާގައި ހުރި ބައުތަކެތި ނީލަންކިއުން

 

ކައުންސިލް އިދާރާގައި ހުރި ބައުތަކެތި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަން ކިއުން އޮންނާނީ 8 ފެބްރުވަރީ 2020 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ގައި އައްޑޫސިޓީ ކައުންސިލް އިދާރާގެ ގޯތިތެރޭގައެވެ.

ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން 02 ފެބްރުވަރީ 2020 އިން 06 ފެބްރުވަރީ 2020 އަށް މި 05  ދުވަހުގެ 8:00 އިން 12:00 އަށް ކައުންސިލް އިދާރާއަށް ވަޑައިގަތުމުން ތަކެތި ބެއްލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. ނީލަން ކުރިއަށް ގެންދެވޭނީ މަދުވެގެން 03 ބައިވެރިންގެ ހާޟިރުގައެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 03  ދުވަހުގެ ތެރޭގައި ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންގޮސް ނިންމަންވާނެއެވެ.

ވީމާ ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 08 ފެބްރުއަރީ 2020 ވާ ހޮނިހިރު ދުވަހުގެ 9:00 އަށް ކައުންސިލް އިދާރާއަށް ދުރުވުމުން ނީލަމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމުގައި ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ޖުމާދަލްއާޚިރާ   1441

27 ޖަނަވަރީ 2020



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2020/22

ޕަބްލިޝް ކުރި ތާރީޚް: 27-01-2020

ސުންގަޑި: 2020-02-08 09:00:00