އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ހިތަދޫ އަވަށު މަނިކު ފުޓްބޯޅަދަނޑުގެ ފެންސް ދާޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

5 މާރޗް 2020     4 years ago


އިޢުލާން

         އައްޑޫ ސިޓީ ހިތަދޫ އަވަށު މަނިކު ފުޓްބޯޅަދަނޑުގެ ފެންސް ދާޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މަސައްކަތަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލެވެނީ ހަމައެކަނި ދިވެހިރާއްޖޭގައި ވިޔަފާރިކުރުމުގެ ހުއްދަލިބިފައިވާ ކޮންޓްރެކްޓަރުންނާއި ވިޔަފާރިތަކަށެވެ.

         ވީމާ މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. ބިޑް ވިއްކުން އޮންނާނީ 2020 މާރިޗް 8 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00ން ފެށިގެން 2020 މާރިޗް 12 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިންނާއި ހުޅުދޫ އަވަށު އޮފީހުންނެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2020 މާރިޗް 17 ވާ އަންގާރަ ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2020 މާރިޗް 8 ވާ އާދިއްތަ ދުވަހުން ފެށިގެން 2020 މާރިޗް 15 ވާ އާދިއްތަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2020 މާރިޗް 15 ވާ އާދިއްތަ ދުވަހުގެ 16:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމެންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް: [email protected]

ކޮޕީ : [email protected]

10 ރަޖަބު 1441

05 މާރިޗު 2020



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2020/97

ޕަބްލިޝް ކުރި ތާރީޚް: 05-03-2020

ސުންގަޑި: 2020-03-17 13:00:00