އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޢާންމު ޚިދުމަތްދޭ ތަންތަނުން ޚިދުމަތްދޭނެ ގަޑިތައް ކަނޑައެޅުމާ ގުޅޭ

25 މާރޗް 2020     4 years ago


އިޢުލާން

ޢާންމު ޚިދުމަތްދޭ ތަންތަނުން ޚިދުމަތްދޭނެ ގަޑިތައް ކަނޑައެޅުމާ ގުޅޭ

 

 

               މުޅި ދުނިޔެއަށް މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް-19) އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސިއްޙީ ޚިދުމަތްދޭ ކްލިނިކްތަކާއި ބޭސްފިހާރަތައް ފިޔަވައި ޢާންމު ޚިދުމަތް ދޭ ތަންތަން، (ފިހާރަތަކާއި އަދި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން) މާރިޗު 26 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 18:00 ގެ ފަހުން، ޚިދުމަތްދޭންވާނީ ކޮންމެ ދުވަހަކު ހެނދުނު 06:00 އިން ހަވީރު 18:00 އަށެވެ. އަދި ޚިދުމަތްދިނުމުގައި މި ދަންނަވާ ކަންކަމަށް ސަމާލުވުމަށް ދަންނަވަމެވެ.

  • ގާޑިޔާތަކުގެ ޚިދުމަތް ދެވޭނީ، ހުއްދަ ދެވޭ ފެންވަރުގެ އަތްދޮވުމުގެ އިންތިޒާމް ހަމަޖެއްސުމަށްފަހު.
  • ގާޑިޔާތަކުގައި ތައްޔާރު ކޮށްގެން ވިއްކާ ހެދިކާ،މަސްކާށި، ކޮފީ ފަދަ ތަކެތި ވިއްކުން މަނާ.
  • ގާޑިޔާތަކުގައި ދެވޭނެ ޚިދުމަތަކީ ހަމައެކަނި ގާޑިޔާތަކަށް ހުއްދަދެވިފައިވާ ތަކެތި ވިއްކުން ( ގޮނޑި، ޖޯލި ފަދަ ތަކެތި ބަހައްޓައިގެން ގާޑިޔާތަކުގައި ޚިދުމަތްނުދެވޭނެ)
  • ކެފޭ، ރެސްޓޯރަންޓް އަދި ގާޑިޔާ ތަކުގައި ދުފާ ތަކެތި، ވިއްކަންވާނީ ވަކިން ޕެކް ކުރެވިގެން.
  • ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުން ޑެލިވަރީގެ ޚިދުމަތް ފޯރޮކޮށްދޭންބޭނުންވާނަމަ، އަވަށު އޮފީހުން ހުއްދަ ހޯދުމަށްފަހު، ހަވީރު 18:00 ރޭގަނޑު 22:00 އަށް ޑެލިވަރީގެ ޚިދުމަތް ފޯރޮކޮށްދެވިދާނެ.
  • 24 ގަޑިއިރު ޚިދުމަތްދޭ ތަންތަނުން މި އިޢުލާނުގައި ކަނޑައެޅިފައިވާ ގަޑީގެ އިތުރަށް ޚިދުމަތް ދޭންބޭނުންވާ ނަމަ އަވަށު އޮފީހުން ޚާއްސަ ހުއްދަހޯދަންވާނެ.

 

މި އެންގުމާއި ޚިލާފުވާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ ފިޔަވަޅު އެޅޭނެކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

01  ޝަޢުބާން 1441

25 މާރިޗް   2020



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2020/134

ޕަބްލިޝް ކުރި ތާރީޚް: 25-03-2020

ސުންގަޑި: 2020-03-25 14:00:00