އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ގާޑިޔާތަކުގައި ވިޔަފާރިކުރުމާއި ގުޅޭ

27 މާރޗް 2020     4 years ago


އިޢުލާން

ގާޑިޔާތަކުގައި ވިޔަފާރިކުރުމާއި ގުޅޭ

 

 

               މުޅި ދުނިޔެއަށް މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް-19) އާއި ގުޅިގެން އައްޑޫގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސިއްޙީ ކުއްލިނުރައްކަލުގެ ޙާލަތު ޢާންމު ޙާލަތަށް ރުޖޫޢަވަންދެން މިއަދުންފެށިގެން ގާޑިޔާތަކުން ވިޔަފާރި ކުރުމުގައި މިދަންނަވާ އުޞޫލުން ޢަމަލު ކުރުމަށް އަންގަމެވެ.

  • ގާޑިޔާތަކުގެ ޚިދުމަތް ދޭންވާނީ ހެނދުނު 6.00އިން ހަވީރު 18.00އަށް.
  • ގާޑިޔާތަކުގެ ޚިދުމަތް ދެވޭނީ، ހުއްދަ ދެވޭ ފެންވަރުގެ އަތްދޮވުމުގެ އިންތިޒާމް ހަމަޖެއްސުމަށްފަހު.
  • ގާޑިޔާތަކުގައި ތައްޔާރު ކޮށްގެން ވިއްކާ ހެދިކާ،މަސްކާށި، ކޮފީ ފަދަ ތަކެތި ވިއްކުން މަނާ.
  • ގާޑިޔާތަކުގައި ދެވޭނެ ޚިދުމަތަކީ ހަމައެކަނި ގާޑިޔާތަކަށް ހުއްދަދެވިފައިވާ ތަކެތި ވިއްކުން.
  • ގާޑިޔާތައް ބަހައްޓާފައިވާ ސަރަޙައްދުގައި ގޮނޑި، ޖޯލި ފަދަ ތަކެތި ބަހައްޓައިގެން ގާޑިޔާތަކުން ޚިދުމަތްދިނުމަކީ މަނާކަމެއް.
  • ގާޑިޔާ ތަކުގައި ދުފާ ތަކެތި، ވިއްކަންވާނީ ވަކިން ޕެކް ކުރެވިގެން.

                 މި އެންގުމާއި ޚިލާފުވާ ފަރާތްތަކަށް ގާޑިޔާ ހިންގުމަށް ކައުންސިލުން ދޫކޮށްފައިވާ ހުއްދަ ބާޠިލްކޮށް ޤާނޫނު ނަމްބަރު 2010/7 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލަމާރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ވާގޮތުގެމަތިން ޤާނޫނީ ފިޔަވަޅު އެޅޭނެކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

03 ޝަޢުބާން 1441

27 މާރިޗް   2020



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2020/136

ޕަބްލިޝް ކުރި ތާރީޚް: 27-03-2020

ސުންގަޑި: 2020-03-27 18:00:00