އައްޑޫސިޓީ ކައުންސިލްގެ އިދާރާ

14 އެޕްރީލް 2020 ން ފެށިގެން މިއިދާރާގެ ޓްރާންސްޕޯޓް ސެކްޝަނުގެ ޚިދުމަތް ދިނުމާއި ގުޅޭ

13 އެޕްރީލް 2020     4 years ago


އިޢުލާން

14 އެޕްރީލް 2020 ން ފެށިގެން މިއިދާރާގެ ޓްރާންސްޕޯޓް ސެކްޝަނުގެ ޚިދުމަތް ދިނުމާއި ގުޅޭ

        ދިވެހިރާއްޖޭގައި ކޮވިޑް 19 ބަލިމަޑުކަމާއި ގުޅިގެން 19 މާރިޗު 2020 އިން ފެށިގެން ސަރުކާރު އޮފީސްތައް ނުހުޅުވާގޮތަށް ސަރުކާރުން ހަމަޖައްސާފައިވާތީ، މިއިދާރާގެ ޓްރާންސްޕޯޓް ސެކްޝަނުން ދެމުންދާ ޚިދުމަތްތައް ދިނުން ވަގުތީ ގޮތުން ވަނީ ހުއްޓާލާފައެވެ. ނަމަވެސް 14 އެޕްރީލް 2020 އިން ފެށިގެން މި އިދާރާއިން ޓްރާންސްޕޯޓްގެ ޚިދުމަތްތައް ދިނުމަށް ނިންމާފައިވާ ކަމުގައި ދެންނެވީމެވެ.

       ވީމާ ޚިދުމަތްތަކަށް އެދި އެޕްލިކޭޝަން ހުށަހެޅުއްވޭނީ ކޮންމެ ހަފްތާއަކު އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހު 09:00 އިން 12:00 އަށް ކަމުގައި ދެންނެވީމެވެ.

20 ޝަޢުބާން 1441ހ.

13 އެޕްރީލް 2020މ.



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AC/426/2020/144

ޕަބްލިޝް ކުރި ތާރީޚް: 13-04-2020

ސުންގަޑި: 2020-04-13 14:00:00