އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގައި ޢާންމު ވިޔަފާރީގެ ޚިދުމަތް ދިނުމާއި ގުޅޭ

18 އެޕްރީލް 2020     3 years ago


އިޢުލާން

އައްޑޫސިޓީގައި ޢާންމު ވިޔަފާރީގެ ޚިދުމަތް ދިނުމާއި ގުޅޭ 

 

 

               މުޅި ދުނިޔެއަށް މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވާ މިންވަރު ދިވެހިރާއްޖޭގައި ވެސް އިތުރުވަމުން ދިއުމާއިގުޅިގެން ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލަމާރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 39 ވަނަ މާއްދާގެ (ޓ)، (ޗ) އާއި ޤާނޫނު ނަންބަރު 2012/7 (ޢާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ށ) ، (ނ) އިން ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން  އައްޑޫގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި 19 އެޕްރީލް 2020 ވާ އާދިއްތަ ދުވަހުގެ ހަވީރު 05:00 އިން ފެށިގެން ޢާންމު ވިޔަފާރީގެ ޚިދުމަތްތައް ދިނުމަކީ މަނާކަމެވެ. ޢާންމު ވިޔަފާރިތަކުން ދެވޭ ޚިދުމަތަކީ ހަމައެކަނި އެރަށެއްގެ ގެތަކަށް ޑެލިވަރީގެ ޚިދުމަތް ކަމުގައި ދެންނެވީމެވެ. އަދި ވިޔަފާރިތަކުން ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެރަށެއްގެ ސޯޝަލް ސަޕޯރޓު ޑެސްކުގައި ރަޖިސްޓްރީ ކުރެއްވުމުން އެފަރާތްތަކަށް ޑެލިވަރީ ކުރުމުގެ ހުއްދަ ދެވޭނެއެވެ. 

                 މި އެންގުމާއި ޚިލާފުވާ ފަރާތްތަކަށް ޤާނޫނު ނަމްބަރު 2010/7 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލަމާރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ވާގޮތުގެމަތިން ޤާނޫނީ ފިޔަވަޅު އެޅޭނެކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

25 ޝަޢުބާން 1441



ބާވަތް: އިއުލާން

ނަންބަރ: (IUL)426-B/426/2020/150

ޕަބްލިޝް ކުރި ތާރީޚް: 18-04-2020

ސުންގަޑި: 2020-04-18 14:00:00