އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވަޒީފާގެ ފުރުސަތު - ޑްރައިވަރ

20 މޭއި 2020     3 years ago


ވަޒީފާގެ ފުރުސަތު

ކައުންސިލްގެ ނަންބަރު 426-B(3)/2020/50 (07 މޭ 2020)، ނިންމުމާ ގުޅިގެން ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.

މަޤާމު:

ޑްރައިވަރ

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ (2020 ޑިސެންބަރު 31 ގެ ނިޔަލަށް)

މަޤާމުގެ ރޭންކް:

އެސް.އެސް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

އިދާރީ ސެކްޝަން / އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.
  3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މަސައްކަތާ ގުޅިގެން އޮފީހުން ހަވާލުކުރެވޭ ވެހިކަލް ދޮވެ ސާފުކޮށް ބެލެހެއްޓުން.
  2. އޮފީހުން ހަވާލުކުރެވޭ ދަތުރުތައް އޮފީހުން އަންގާގޮތެއްގެ މަތިން ކުރުން.
  3. ވެހިކަލްތަކަށް އަޅަންޖެހޭ ފިއުލް/ފެން އެޅުމާއި ޢާއްމުކޮށް ބަލަންޖެހޭ މިފަދަ ކަންތައްތައް ޤަވާއިދުން ބަލާ ޗެކްކުރުން.
  4. ވެހިކަލްތަކުގައި ކުރަންޖެހޭ މަރާމާތުތައް ބަލައި ކަމާބެހޭފަރާތްތަކަށް އަންގައިގެން މަރާމާތުކުރުވުމުގެ ކަންތައް ކުރުވުން.
  5. ވެހިކަލްގެ ލޮގް ޤަވާޢިދުން ލިޔެ ބެލެހެއްޓުން.
  6. ވެހިކަލް ތަކުގެ ރޯޑްވާދިނަސް އަދި އަހަރީ ސްޓިކާ ފަދަ ތަކެތީގެ މުއްދަތު ހަމަވުމުގެ ކުރިން ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުން.

މަޤާމުގެ ޝަރުތުތައް:

މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް (ކެޓަގަރީ B1 އިން މަތީގެ ލައިސަންސް)/ ހުއްދައެއް / ސަނަދެއް ހާސިލްކޮށްފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާ

ޓްރާންސްޕޯޓޭޝަން ސަރވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމު
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަމްރީނު
  3. މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ
  4. މަސައްކަތުގެ ހުނަރާއި ޤާބިލުކަން

ގިނަ ވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާނީ 2020 ޖޫން 04 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، އީމެއިލް ([email protected]) މެދުވެރިކޮށެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2020 ޖޫން 08 އާއި 2020 ޖޫން 11 އާ ދެމެދު، އައްޑޫސިޓީ ކައުންސިލްގެ އިދާރާގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓުކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885002 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

27 ރަމަޟާން 1441

20   މޭ   2020

 


ބާވަތް: އިއުލާން

ނަންބަރ: (IUL)426-CB/426/2020/160

ޕަބްލިޝް ކުރި ތާރީޚް: 20-05-2020

ސުންގަޑި: 2020-06-04 13:00:00