އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން އަމިއްލަ ގައުމަށް އެނބުރި ދިއުމަށް ބޭނުންވާ ފަރާތްތައް ރަޖިސްޓްރީކުރުމަށް ހުޅުވާލުމާއި ގުޅޭ

21 މޭއި 2020     3 years ago


އިޢުލާން

އައްޑޫގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން އަމިއްލަ ގައުމަށް އެނބުރި ދިއުމަށް ބޭނުންވާ ބަންގްލަދޭޝް ރައްޔިތުން ރަޖިސްޓްރީކުރުމަށް ހުޅުވާލުމާއި ގުޅޭ:

އައްޑޫގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން އަމިއްލަ ގައުމަށް އެނބުރި ދިއުމަށް ބޭނުންވާ ބަންގްލަދޭޝް ރައްޔިތުން ތިބިކަން ވަނީ ފާހަގަކުރެވިފައެވެ. ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން އަމިއްލަ ގައުމަށް އެނބުރި ދިއުމަށް ބޭނުންވާ ފަރާތްތައް އައްޑޫގެ އަވަށްތަކުގައި ގާއިމްކުރެވިފައިވާ ސޯޝަލް ސަޕޯޓް ޑެސްކް (އެސް.އެސް.ޑީ) ތަކުގައި 2020 މޭ 25 ވަނަ ދުވަހުގެ 20:00 ގެ ކުރިން ރަޖިސްޓަރީ ކުރުމަށް ދަންނަވަމެވެ. އައްޑޫއަށް ބަންގްލަދޭޝް ރައްޔިތުން ގެނެސްފައިވާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކަށް ވެސް އެއަވަށެއްގެ އެސް.އެސް.ޑީ ތަކުގައި ބަންގްލަދޭޝް ރައްޔިތުން ރަޖިސްޓަރީ ކުރެވިދާނެއެވެ.

މީގެ އިތުރުން، އަމިއްލަ ގައުމަށް އެނބުރި ދިއުމަށް ބޭނުންވާ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން ލިޔެކިޔުން ފުރިހަމަނުވާ ފަރާތްތަކަށް ވެސް ރަޖިސްޓަރީވުމުގެ ފުރުޞަތު އޮންނާނެއެވެ.

އެސް.އެސް.ޑީ ތަކުގައި ރަޖިސްޓަރީކުރުމަށް ގުޅުއްވަނީ އަންނަނިވި އެސް.އެސް.ޑީ ނަންބަރުތަކަށެވެ.

ހިތަދޫ

7789042

މަރަދޫ

7789043

މަރަދޫފޭދޫ

7789045

ފޭދޫ

7789044

މީދޫ

7789041

ހުޅުދޫ

7789046

 

28 ރަމަޟާން 1441

21    މޭ  2020



ބާވަތް: އިއުލާން

ނަންބަރ: (IUL)426-B/426/2020/159

ޕަބްލިޝް ކުރި ތާރީޚް: 21-05-2020

ސުންގަޑި: 2020-05-25 20:00:00