އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކޮވިޑް-19 އާއި ގުޅިގެން ބަންދުކުރެވިފައިވާ އައްޑޫސިޓީގެ އައުޓްޑޯ ކުޅިވަރު މައިދާންތަކާއި ފަތާ ޓްރެކް ހުޅުވުމާއި ގުޅޭ

31 މޭއި 2020     3 years ago


ކޮވިޑް-19 އާއި ގުޅިގެން ބަންދުކުރެވިފައިވާ އައްޑޫސިޓީގެ އައުޓްޑޯ ކުޅިވަރު މައިދާންތަކާއި ފަތާ ޓްރެކް ހުޅުވުމާއި ގުޅޭ

 

މުޅި ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ބަލި މިހާތަނަށް ފެތުރިފައިނުވާ، މޮނިޓަރިންގެ ޙާލަތުގައި ނުވާ ތަނެއްގެ ގޮތުގައި އައްޑޫ ސިޓީ ރިކޯޑް ކުރެވިފައިވުމާއެކު މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެ ނަންބަރު 2020/03 (26 މޭ 2020)ގެ ދެންނެވުމާއި އެއްގޮތަށް މިސިޓީގެ އައުޓްޑޯ ކުޅިވަރު މައިދާންތައް ހުޅުވާ ގަޑި އިތުރުކުރެވުމާއި އެކު ފަތާ ޓްރެކް  2020 މޭ 31 އިން ފެށިގެން ހުޅުވާލަން ހަމަޖެހިފައިވާކަމުގައި ދަންނަވަމެވެ.

 

  1. ފުޓްބޯޅަ ދަނޑު، ފުޓްސެލް އެރީނާތައް، އައުޓްޑޯ އާންމު ކުޅިވަރު މައިދާންތައް އަދި ފަތާ ޓްރެކް ބޭނުން ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތައް:
    1. ހުޅުވިފައި ހުންނަ ގަޑި: ހެނދުނު 06:00 އިން 22:00 އަށް.
    2. ކުޅިވަރު މައިދާންތަކަށް ކުޅުނުޖެހުން.
    3. ކުޅިވަރު މައިދާންތަކުގައި އުޅޭވަގުތު ސާފުތާހިރުކަމާއި ގައިދުރުކަމަށް އިސްކަންދިނުން.
    4. ރޯގާގެ އެއްވެސް ޢަލާމާތެއް ހުރިކަމަށް ފާހަގަކުރެވިފައިވާނަމަ ކުޅިވަރު މައިދާންތަކަށް ނުދިއުން.
    5. ކުޅެން ފެށުމުގެ ކުރިން އަދި ކުޅެނިމުމަށްފަހު ގްރޫޕް ހަދައި މައިދާންތަކުގައި މަޑުކޮށްގެން ނުތިބުން.
    6. އެކަޑަމީތަކުން އެއްވެސް ހަރަކާތެއް ހިންގަންވާނީ އައްޑޫ އެމެޖެންސީ ސެންޓަރގެ ހުއްދަ ހޯދައިގެން.


ބާވަތް: އިއުލާން

ނަންބަރ: (IUL)426-B/426/2020/174

ޕަބްލިޝް ކުރި ތާރީޚް: 31-05-2020

ސުންގަޑި: 2020-05-31 14:00:00