އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގައި ވިޔަފާރިތައް ހުޅުވާފައި ހުންނަ ވަގުތުތައް އަލުން ކަނޑައެޅުމާއި ގުޅޭ

2 ޖޫން 2020     3 years ago


އިޢުލާން

އައްޑޫ ސިޓީގައި ވިޔަފާރިތައް ހުޅުވާފައި ހުންނަ ވަގުތުތައް އަލުން ކަނޑައެޅުމާއި ގުޅޭ:

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލަމާރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 39 ވަނަ މާއްދާގެ  (ޗ) އާއި  ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 2020/39 އެންގުމާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނަންބަރު (IUL)101-BR/1/2020/84 އިޢުލާނުގެ މައްޗަށް ރިޢާޔަތްކޮށް، އައްޑޫގައި ވިޔަފާރިތައް ހުޅުވާފައި ހުންނަ ވަގުތުތައް އަލުން ކަނޑައެޅުމަށް ވަނީ ނިންމާފައެވެ. އެގޮތުން އައްޑޫގެ އަވަށްތަކުގެ ސޯޝަލް ސަޕޯޓް ޑެސްކްތަކުން ހުއްދަ ފދ ދޫކޮށްފައިވާ ފިހާރަތައް ހުޅުވައިގެން ޚިދުމަތްދެމުން ގެންދަންވާނީ ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން 18:00 އަށެވެ. މިވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި ފިހާރަތައް ހުޅުވައިގެން ޚިދުމަތް ދިނުމަކީ މަނާކަމެއް ކަމަށާއި އަދި ޑެލިވަރީގެ ޚިދުމަތްވެސް ނުދެވޭނެ ކަމުގައި ދެންނެވީމެވެ. 

މީގެއިތުރުން، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު (IUL)426-AB/426/2020/165 އިޢުލާނުގައިވާ ގޮތުގެމަތިން ކެފޭ ރެސްޓޯރެންޓްތައް ހުޅުވައިގެން ޚިދުމަތް  ދެމުން ގެންދަންވާނީ ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން 22:00 އަށެވެ. މިވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި ކެފޭ ރެސްޓޯރެންޓްތައް ހުޅުވައިގެން ޚިދުމަތް ދިނުމަކީ މަނާކަމެއް ކަމަށާއި އަދި ޑެލިވަރީގެ ޚިދުމަތް ވެސް ނުދެވޭނެ ކަމުގައި ދެންނެވީމެވެ.

މަތީގައި ދެންނެވުނު ކަންކަން އެގޮތުގެމަތިން ހުރިނަމަވެސް އައްޑޫ ސިޓީގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ވިޔަފާރިތަކަށް 24 ގަޑިއިރު ޚިދުމަތް ދެވޭނެ ކަމުގައި ވެސް ދެންނެވީމެވެ. އަދި ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓްތައް ހުޅުވައިގެން ޚިދުމަތްދޭއިރު މިއިދާރާއިން ކޮށްފައިވާ ޢިޢުލާންތަކުގައި އާއްމުކޮށްފައިވާ ގައިޑްލައިންތަކަށް ވިޔަފާރިތަކުންނާއި  އާއްމު ފަރާތްތަކުން ޢަމަލުކުރަމުން ގެންދިއުމަށް ހަދުމަފުޅުކޮށް އަރުވަމެވެ.

10 ޝައްވާލް 1441

02   ޖޫން  2020



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2020/180

ޕަބްލިޝް ކުރި ތާރީޚް: 02-06-2020

ސުންގަޑި: 2020-06-02 14:00:00