އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ކައުންސިލްގެ ޓްރާންސްޕޯޓް ސެކްޝަންގެ ޚިދުމަތް ދިނުމާ ގުޅޭ

16 ޖޫން 2020     3 years ago


ދިވެހިރާއްޖޭގައި ކޮވިޑް 19 ބަލިމަޑުކަމާއި ގުޅިގެން 19 މާރިޗު 2020 އިން ފެށިގެން މިއިދާރާގެ ޓްރާންސްޕޯޓް ސެކްޝަނުން ދެމުންދާ ޚިދުމަތްތައް ދިނުން ވަގުތީ ގޮތުން ވަނީ ހުއްޓާލާފައެވެ. ނަމަވެސް 17 ޖޫން 2020 އިން ފެށިގެން މި އިދާރާއިން ތިރީގައި މިދަންނަވާ ޚިދުމަތްތައް އޮންލައިންކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

  • އަލަށް ރަޖިސްޓްރީ ކުރެވޭ ސައިކަލު ރަޖިސްޓްރީ ކުރުން.
  • މުއްދަތު ހަމަވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އާކުރުން.
  • ގެއްލިގެން / ހަލާކުވެގެން އެދޭ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އާކުރުން.
  • ރޯޑްވާދިނަސް ސްޓިކާރ އާކުރުން.
  • އޮޑީ ނަންބަރު ދޫކުރުން.
  • ކަނޑު އުޅަނދު ފަހަރުގެ ސާރވޭ ކުރުމާއި ސަލާމަތީ ސެޓްފިކްޓް އާކުރުން.

ޚިދުމަތްތަކަށް އެދި އެޕްލިކޭޝަން ފޯމް އީމެއިލް [email protected])) މެދުވެރިކޮށް ހުށަހެޅޭނެ ކަމުގައި ދެންނެވީމެވެ. އަދި ޚިދުމަތް ހޯދުމަށް އެދޭ ލިޔުންތަކާ އެކު ތިރީގައިވާ އެކައުންޓް  / 1277-Revenue 01) (7708 700341 001  އަށް ފައިސާ ޖަމާކުރުމަށްފަހު އީމެއިލްއިން ޓްރާސްފަރ ސްލިޕް ފޮނުއްވުމަށް ދެންނެވީމެވެ.

ވީމާ ޚިދުމަތް ހޯދާ ފަރާތްތަކުން ރަޖިސްޓްރީ / ލައިސަންސް އަދި އޮރިޖިނަލް ޑޮކިއުމެންޓްސް ބަލައިގަތުމަށް މިއިދާރާއިން ގުޅުމުން އެންގި ތާރީޙާއި ގަޑިއަށް ވަޑައިގަތުމަށް ދަންނަވަމެވެ. އަދި ޚިދުމަތް ހޯއްދެވުމަށް ވަޑައިގަންނަވާއިރު މާސްކް އެޅުއްވުމަށް ވެސް ދެންނެވީމެވެ.

 

24 ޝައްވާލް 1441ހ.

16 ޖޫން 2020މ.



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AC/426/2020/194

ޕަބްލިޝް ކުރި ތާރީޚް: 16-06-2020

ސުންގަޑި: 2020-06-16 12:00:00