އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅާފައިވާ ޚާއްޞަ ފިޔަވަޅުތައް ބާޠިލްކުރުމާއި ގުޅޭ

16 ޖޫން 2020     3 years ago


އިޢުލާން

އައްޑޫ ސިޓީގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅާފައިވާ ޚާއްޞަ ފިޔަވަޅުތައް ބާޠިލްކުރުމާއި ގުޅޭ:

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް އެންގި އެންގުން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 2020/47 (14 ޖޫން 2020) އެންގުމުން ބާޠިލްކޮށްފައިވާތީ، ކޮވިޑް-19 އާއި ގުޅިގެން އައްޑޫގައި އަޅާފައިވާ ޚާއްޞަ ފިޔަވަޅުތައް ނިމުމަކަށް ވަނީ ގެނެސްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ޚާއްޞަ ފިޔަވަޅުތައް ބާޠިލްކުރެވިފައި ވީނަމަވެސް ގިނަމީހުން އެއްވާ ތަންތަނަށް ނުދިއުމަށާއި ގައިދުރުކަން އިސްކުރުމަށާއި ގިނަ މީހުން އެއްވާ ތަންތަނަށް ދާނަމަ މާސްކް އެޅުމަށާއި އަދި ގިނަގިނައިން އަތް ސެނަޓައިޒްކުރުން ނުވަތަ ސައިބޯނި ލައިގެން އަތްދޮވުމަށް ނަސޭހަތްތެރިވެ އިލްތިމާސް ކުރަމެވެ. މީގެ އިތުރުން، ކޮވިޑް-19 ފެތުރެމުންދާ ސަރައްޙައްދުތަކުން އައްޑޫއަށް އައިސްފައިވާ ފަރާތްތައް ދިރިއުޅެމުންދާ ގެތައް ކަރަންޓީނު ކުރެވިފައިވާ މުއްދަތުގައި ޒިޔާރަތް ނުކުރުމަށް ދަންނަވަމެވެ. އަދި އެފަދަ ސަރަހައްދުތަކުން އައިސްފައިވާ ފަރާތްތައް ކަރަންޓީނުކޮށްފައިވާ ގެތަކުން މީހުން ބޭރަށް ދިއުމަކީ މަނާކަމެއް ކަމުގައި ވެސް ދެންނެވީމެވެ.

ކައުންސިލުން ކުރާ މަސައްކަތުގައި ޢާއްމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ  އެއްބާރުލުން މި ފުރުޞަތުގައި ފާހަގަކުރަމެވެ.

24 ޝައްވާލް 1441

16  ޖޫން   2020



ބާވަތް: އިއުލާން

ނަންބަރ: (IUL)426-B/426/2020/196

ޕަބްލިޝް ކުރި ތާރީޚް: 16-06-2020

ސުންގަޑި: 2020-06-16 12:00:00