އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކޯގަންނު ޤަބުރުސްތާނު ބަލަހައްޓާ ދޭނެ ފަރާތެއް ހޯދުން

4 އެޕްރީލް 2017     7 years ago


ކޯގަންނު ޤަބުރުސްތާނު ބަލަހައްޓާ ދޭނެ ފަރާތެއް ހޯދުން

 

އައްޑޫސިޓީ މީދޫ ކޯގަންނު ޤަބުރުސްތާނު ބަލަހައްޓައި ދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާ ޢާއްމުކޮށް އިޢުލާނު ކުރީމެވެ.

ވީމާ،މީދޫ ކޯގަންނު ޤަބުރުސްތާނު ބަލަހައްޓައި ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، 2017، އެޕްރީލް 11 ވާ އަންގާރަ ދުވަހު 13:00 އަށް މީދޫ އަވަށު އޮފީހަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 2017، އެޕްރީލް 16 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މީދޫ އަވަށު އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

މައުލޫމާތު ސާފު ކޮށްދިނުމަށް ބާއްވާ ސެޝަންގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މީދޫ އަވަށު އޮފީހުގެ ކޮންފަރެންސް ހޯލްގައެވެ.   

 

06 ރަޖަބު 1438

03 އެޕްރީލް 2017   



ބާވަތް: އިއުލާން

ނަންބަރ: (MSG)426-CA/426/2017/474

ޕަބްލިޝް ކުރި ތާރީޚް: 04-04-2017

ސުންގަޑި: 2017-04-11 13:00:00