އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލުން

5 ޖުލައި 2020     3 years ago


އިޢުލާން

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލުން.

 

1440 ވަނަ އަހަރުގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު ރިވިއުކުރުމުގެ މަސައްކަތްތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ކުރައްވަމުންގެންދަވާތީ އައްޑޫސިޓީގައި ދިރިއުޅުއްވާ ފަރާތްތަކުން ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު 05 ޖުލައި 2020އިން 23 ޖުލައި 2020ވަނަދުވަހުގެ 13.00ގެ ނިއަލަށްވަނީ ހުޅުވާލެވިފައެވެ. ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްއެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ  އައްޑޫސިޓީގެ އަވަށު އޮފީސްތަކުން ރަސްމީދުވަސްތަކުގެ ހެނދުނު 9.00އިން މެންދުރު 13.00އަށެވެ.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްއެދި ފޯމް ހުށަހަޅުއްވާ ފަރާތްތަކުން ފޯމްގައިވާ ހުރިހާ މަޢުލޫމާތުތައް ފުރިހަމަކުރެއްވާ ކަނޑައެޅިފައިވާ މުއްދަތުގައި ފޯމް ހުށަހެޅުއްވުމަށް ދެންނެވީމެވެ. ފޯމްތައް ހުށަހަޅުއްވާނީ އެމީހަކު ދިރިއުޅޭ އަވަށެއްގެ އަވަށުއޮފީހަށެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

14 ޛުލްޤަޢިދާ  1441

05 ޖުލައި    2020



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2020/208

ޕަބްލިޝް ކުރި ތާރީޚް: 05-07-2020

ސުންގަޑި: 2020-07-23 13:00:00