އައްޑޫސިޓީ ކައުންސިލްގެ އިދާރާ

1441 ވަނަ އަހަރުގެ އަޟްޙާ ޢީދުނަމާދުގެ ބޮޑު ޖަމާޢަތް ނުބާއްވާގޮތަށް ހަމަޖެއްސުން

29 ޖުލައި 2020     3 years ago


އިޢުލާން

1441 ވަނަ އަހަރުގެ އަޟްޙާ ޢީދުނަމާދުގެ ބޮޑު ޖަމާޢަތް ނުބާއްވާގޮތަށް ހަމަޖެއްސުން

 

            ކޮވިޑް 19އާއިގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަހަރުގެ އަޟްޙާޢީދުނަމާދުގެ ބޮޑުޖަމާޢަތް އައްޑޫސިޓީގެ އެއްވެސް އަވަށެއްގައި ނުބާއްވާގޮތަށް ހަމަޖައްސައިފީމެވެ. އަޟްޙާޢީދުގެ ބޮޑުޖަމާޢައް ނުބޭއްވިނަމަވެސް އައްޑޫސިޓީގެ ހުކުރުކުރާ ހުރިހާ މިސްކިތެއްގައި މިއަހަރުގެ އަޟްޙާޢީދު ނަމާދުކުރުން އޮންނާނެކަމުގައި ދެންނެވީމެވެ.

           ޢީދުނަމާދަށް ވަޑައިގަންނަވާއިރު މާސްކް އަޅުއްވައިގެން މުސައްލަހިއްޕަވައިގެން ޢީދުނަމާދުގެ ޖަމާޢަތަށް ވަޑައިގަތުމަށް ސަމާލުކަންދެއްވުމަށްވެސް ދެންނެވީމެވެ.

            ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

08 ޛުލްޤަޢިދާ  1441

29 ޖުލައި    2020



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2020/235

ޕަބްލިޝް ކުރި ތާރީޚް: 29-07-2020

ސުންގަޑި: 2020-07-29 14:00:00