އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވަޒީފާގެ ފުރުސަތު - މުނިސިޕަލް އިންސްޕެކްޓަރ (ހުޅުދޫ އަވަށު އޮފީސް)

12 އޯގަސްޓް 2020     3 years ago


 

ވަޒީފާގެ ފުރުސަތު

 

މިއޮފީހުގެ ނަންބަރު (IUL)426-6A/426/2020/220 އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމުގެ ޝަރުތުތައް އިސްލާޙު ކުރުމާއި ގުޅިގެން މި އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.

މަޤާމު:

މުނިސިޕަލް އިންސްޕެކްޓަރ

ބޭނުންވާ އަދަދު:

2 (ދޭއް)

މަޤާމުގެ ގިންތި:

ވަގުތީ (މުއްދަތު: 31 ޑިސެންބަރު 2020 ގެ ނިޔަލަށް)

މަޤާމުގެ ރޭންކު:

ޖީއެސް 3

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހުޅުދޫ އަވަށު އޮފީސް، އައްޑޫސިޓީ ކައުންސިލްގެ އިދާރާ / އައްޑޫ

މުސާރަ:

މަހަކު 4465/-  ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު1500/-  ރުފިޔާ

އެހެނިހެން އެލަވަންސް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ފިހާރަ ފިހާރައިގެ ކުޑަދޮރުން މުދަލާއި ތަކެތި ނެރެފައި ބެހެއްޓުމާއި، ފިހާރައިގެ ދޮރުން ބޭރުގައި މަގުމައްޗަށްވާ ގޮތަށް މުދަލާއި ތަކެތި ބެހެއްޓުމާއި ބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
  2. ތިމާވެށި ޙިމާޔަތް ކުރުމާއި ބެހޭ ގަވާއިދު ތަންފީޒުކުރޭތޯ ބެލުން.
  3. ވަގުތީގޮތުން މަގު ބަންދުކުރުމާއި ބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
  4. އާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެޔަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދު ތަންފީޒު  ކުރޭތޯ ބެލުން.
  5. ގޭގޭގެ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާ ބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
  6. މަގުފާރާއި އިންފާރު ތަޅާލުމާބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
  7. މަގުމަތި ކުނިކެހުމާއިބެހޭ ގަވާއިދު ތަންފީޒުކުރޭތޯ ބެލުން.
  8. އޮޑިހަރުގެއާއި ބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
  9. ގޭގެއިން މަގު ހުރަހަށް ދަނޑި، ދަގަނޑު، ހޮޅި، ވާ، ޓިނު ފަދަ ތަކެތި ނެރެފައި ބެހެއްޓުމާއި ބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
  10. ކަނޑު ތޮށީގައްޔާއި އެއްގަމުތޮށީގައި އުޅަނދުފަހަރު އެއްސުމާއި ، ފަޅުތެރޭގައި އުޅަނދުފަހަރު ދުއްވުމާއި އެޅުމާއި އެކަންކަމަށް ފީނެގުމާއި ބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
  11. ލައުޑް ސްޕީކަރު ބޭނުން ކުރުމާއި އަޑުގަދަކޮށް ލަވަޖެހުމާއި ބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
  12. މަގު ކޮނުމާއި މަގުގައި އެއްޗެތި ވަޅުލުމާބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
  13. އާންމު އުނދަގުލާއި ބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
  14. ރަށުގެ ޢާންމު ތަންތަނުގައި މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ބޭވުމާއި ބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
  15. ރަށާއި ގުޅިފައިވާ ކަނޑުގައި ނުވަތަ ރަށުގެ އާންމު ތަންތަނުގައި ފިލްމް ނަގަން ހުއްދަ ދިނުމާއި ފީނެގުމާއިބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
  16. ކުނިއުކާލުމާއި ކުނި ނައްތާލުމުގެގެ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
  17. މަގުމަތީގައި އިޢުލާނާއި އިޝްތިހާރު ހަރުކުރުމާއި ބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
  18. އައްޑޫގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެއްސާއި އިންޖީނުނުލާ އެއްޗެތި ދުއްވުމާއި ބޭނުންކުރުމާއި ބެހޭ ގަވާއިދާއި، މަގުމަގާއި އާންމު ތަންތަނުގައި ޕާކުކުރުމާއި ޕާކުކުރުމުގެ ފީ ނެގުމާބެހޭ ޤަވާޢިދު ތަންފީޒު ކުރޭތޯ ބެލުން.
  19. މަގުމަތި ކުނިކެހުމާއި ބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
  20. ގޯތި ގެދޮރު އިމާރާތް ކުރުމާއި ބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
  21. ގޭގޭ ފާރުގައި ކުރަހާފައި ހުންނަ ތަކެއްޗާއި ލިޔެފައި ހުންނަ ތަކެތި ފޮހެ ސާފުކުރުމާބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
  22. އައްޑޫގައި ގާޑިޔާ ނުތަތަ މޭޒުބަހައްޓައިގެން ވިޔަފާރި ކުރުމާއި އެކަންކަމަށް ފީނެގުމާއި ބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
  23. އައްޑޫގައި ޖަނަވާރު އަދި ދޫނި ސޫފާސޫފި ގެންގުޅުމުގެ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
  24. އައްޑޫސިޓީ ކައުންސިލްގެ އެހެނިހެން ގަވާއިދު ތައް ތަންފީޒު ކުރޭތޯ ބެލުން.

މަޤާމުގެ ޝަރުޠުތައް:

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 02 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

ލިޔަން ކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން 01 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓް، www.adducity.gov.mv އިން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން
  2. މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ނަމަ މަސައްކަތުގެ ތަޖުރިބާ
  3. މަސައްކަތުގެ ހުނަރާއި ޤާބިލްކަން
  4. ގިނަވަގުތު ޑިއުޓީގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 އޯގަސްޓް 24 ގެ 13:00 ގެ ކުރިން، ހުޅުދޫ އަވަށު އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް، [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2020  ސެޕްޓެމްބަރ 01 އާއި 2020  ސެޕްޓެމްބަރ 14 އާ ދެމެދު، ހުޅުދޫ އަވަށު އޮފީހުގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6894728/6894655 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

 

           21 ޛުލްހިއްޖާ  1441

           11 އޯގަސްޓް  2020



ބާވަތް: ވަޒީފާގެ ފުރުސަތު

ނަންބަރ: (IUL)426-6A/426/2020/241

ޕަބްލިޝް ކުރި ތާރީޚް: 12-08-2020