އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީން ދޫކޮށްފައިވާ ކުލީ ބިންތަކުގެ ކުލި ކައުންސިލަށް ބަލައިގަތުމާގުޅޭ

31 އޯގަސްޓް 2020     3 years ago


އިޢުލާން

އައްޑޫ ސިޓީން ދޫކޮށްފައިވާ ކުލީ ބިންތަކުގެ ކުލި ކައުންސިލަށް ބަލައިގަތުމާގުޅޭ

ޤާނޫނު ނަންބަރު: 2019/24 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު، 2010/7 އަށް 8ވަނަ އިޞްލާހު ގެނައުމުގެ ޤާނޫނު)އިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 75ވަނަ މާއްދާ އިޞްލާޙުކޮށް ކައުންސިލްތަކުން ފީ އާއި ކުލި ނެގުމުގެ ބާރު ކައުންސިލަށް ދީފައިވާތީ، އައްޑޫސިޓީން ކުއްޔަށް ދޫކުރެވިފައިވާ ބިންތަކުން ނަގާ ކުލި މި އިދާރާގެ އަވަށު އޮފީސްތައް މެދުވެރިކޮށް ބަލައިގަންނަ ގޮތަށް ހަމަޖައްސައިފީމެވެ.

ވީމާ، އައްޑޫ ސިޓީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކުލީ ބިންތަކުގެ ތެރެއިން، މިއިދާރާއާއި އެކިފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ދޫކޮށްފައިވާ ކުލީ ބިންތަކުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ، 1 ސެޕްޓެމްބަރު 2020ވަނަ ދުވަހުން ފެށިގެން ބަލައިގަންނާނީ، ކުލީ ބިން އޮތް އަވަށެއްގެ އަވަށު އޮފީހުން ކަމުގައި ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

މީގެ އިތުރުން، ދައުލަތުގެ އިދާރީ އޮނިގަނޑަށް މީގެ ކުރިން އައި ބަދަލާއި ގުޅިގެން، ދައުލަތުގެ އެހެން އިދާރާތަކާއި އެކިފަރާތްތަކާއި ދެމެދު، އައްޑޫ ސިޓީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބައެއް ކުލީ ބިންތަކުގެ (ސިނާއީ މަސައްކަތްތަކާއި، ޢާއްމުވިޔަފާރިއާއި ގަރާޖް ވޯކްޝޮޕްފަދަ ކަންކަމަށް ދޫކުރެވިފައިވާ) އެއްބަސްވުންތައް ހެދިފައިވާތީ، އެފަދަ އެއްބަސްވުންތައް ކައުންސިލްގެ ނަމަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ވާހަކަވެސް ދެންނެވީމެވެ.

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6885003، ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

11   މުޙައްރަމް  1442

30   އޮގަސްޓް   2020



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2020/259

ޕަބްލިޝް ކުރި ތާރީޚް: 31-08-2020

ސުންގަޑި: 2020-08-30 14:00:00