އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކޮވިޑް 19 ގެ ބަލިމަޑުކަން ފެތުރުނަ ނުދިނުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން

8 ސެޕްޓެމްބަރ 2020     3 years ago


އިޢުލާން

ކޮވިޑް 19 ގެ ބަލިމަޑުކަން ފެތުރުނަ ނުދިނުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން

 

މުޅި ދުނިޔެ ތަޙައްމަލު ކުރަމުންދާ ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ވަބާ ރާއްޖޭގެ ގިނަ ރަށްތަކަކަށްވެސް ދަނީ ފެތުރެމުންނެވެ. މި ބައްޔަށް ފައްސިވަމުން ދާ ފަރާތްތައް، އައްޑޫ ސިޓީ އިން މަދުންނަމަވެސް މިހާރު ވަނީ ފެންނަން ފަށާފައެވެ.

ކޮވިޑް 19 ގެ މި ބަލިމަޑުކަން އައްޑޫ ސިޓީ އަށް އިތުރަށް ފެތުރިގެން ނުދާނެ ގޮތަކަށް ޢާއްމު ދިރިއުޅުމުގައި ރައްޔިތުންގެ ޢަމަލުތައް ބެހެއްޓުމާއިއެކު، ހުރިހާ ރައްޔިތުން ގުޅިގެން ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ތިއްބެވުމަކީ، މި ބަލިމަޑުކަން އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި އެޅޭނެ މައިގަނޑު ފިޔަވަޅެވެ.

            އެގޮތުން، ފޭސް މާސްކް އެޅުމާއި ގިނަގިނައިން އަތްދޮވުމާއި ސެނިޓައިޒަރ ބޭނުން ކުރުމާއި މީހުން ގިނައިން އެއްވާ ތަންތަނަށް ގޮސް އުޅުމުގައި 3 ފޫޓް ގެ ދުރުމިން އިޚްތިޔާރު ކުރުންފަދަ ކަންކަމަށް އަބަދުވެސް ރައްޔިތުން ސަމާލުވެ ތިއްބެވުމަށް ދަންނަވަމެވެ. އަދި ރަނގަޅަށް ސައިބޯނިލައިގެން އަތްދޮވެގެން ނޫނީ މޫނާއި ލޮލާއި ނޭފަތާއި އަނގަމަތީގައި އަތްލައި ނުހެދުމަށް ސަމާލުކަން ދެއްވުމަށް ވެސް ދަންނަވަމެވެ.

މީގެ އިތުރުން، ސަރުކާރުގެ އޮފީސްތަކުން ޚިދުމަތް ހޯއްދަވަން ވަޑައިގަންނަވާއިރު ފޭސް މާސްކް ބޭނުން ކުރެއްވުމަށާއި ކޮންމެ އޮފީހަކުން ވެސް ޚިދުމަތަށް އެދިގެންނާއި އެނޫން ބޭނުންތަކުގައި ވަޑައިގަންނަވާ ބޭފުޅުންނަށް ފަސޭހައިން އަތްދޮވެވޭނެ ނުވަތަ ސެނެޓައިޒް ކުރެވޭނެ ނިޒާމެއް ޤާއިމުކޮށްފައި ބެހެއްޓުމަށް ދަންނަވަމެވެ.

            މި ގޮތުން، ކައުންސިލް އިދާރާއާއި އަވަށު އޮފީސްތަކުން ޚިދުމަތް ހޯއްދަވާ ފަރާތްތަކުން ވެސް އޮފީހަށް ވަދެވަޑައިގަތުމުގެ ކުރިން މާސްކް އެޅުއްވުމަށާއި އަތް ރަނގަޅަށް ސެނިޓައިޒް ކުރައްވައިގެން ޚިދްމަތް ހޯއްދެވުމަށް ވަޑައިގަތުމަށް ސަމާލުކަން ދެއްވުމަށް ދަންނަނަވަމެވެ.

19 މުޙައްރަމް   1442

07 ސެޕްޓެންބަރ 2020



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2020/266

ޕަބްލިޝް ކުރި ތާރީޚް: 08-09-2020

ސުންގަޑި: 2020-09-07 14:00:00