އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޝައުޤުވެރިކަން ފާޅުކުރުމުގެ ދައުވަތު - ޕްރޮޖެކްޓް މެނޭޖަރ އަދި އެސިސްޓެންޓް ޕްރޮޖެކްޓް މެނޭޖަރ (ހައި އިމްޕެކްޓް ކޮމިއުނިޓީ ޑެވެލޮޕްމަންޓް ޕްރޮޖެކްޓް)

9 ސެޕްޓެމްބަރ 2020     3 years ago


ޝައުޤުވެރިކަން ފާޅުކުރުމުގެ ދައުވަތު

ޕްރޮޖެކްޓް މެނޭޖަރ  އަދި އެސިސްޓެންޓް ޕްރޮޖެކްޓް މެނޭޖަރ

ހައި އިމްޕެކްޓް ކޮމިއުނިޓީ ޑެވެލޮޕްމަންޓް ޕްރޮޖެކްޓް

އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑެވެލޮޕްމަންޓް ގެ ދަށުން އައްޑޫގައި ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިއަށް ދާ ގޮތް ބަލައި ހިންގުމަށް، 2 ޕްރޮޖެކްޓް މެނޭޖަރުންނާއި 2 އެސިސްޓެންޓް ޕްރޮޖެކްޓް މެނޭޖަރުން ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މަޝްރޫޢުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށައަޅަންވާނެއެވެ.

މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2020 ސެޕްޓެންބަރު 17 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ސިޓީ، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އެޗް.އާރް ސެކްޝަނަށް ހުށަހަޅަންވާނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާނަމަ [email protected] މި އީމެއިލަށް ފޮނުއްވުން އެދެމެވެ.

މި މަޝްރޫޢުގެ "ޓާރމްސް އޮފް ރިފަރެންސް" މި އިދާރާގެ ވެބްސައިޓް www.adducity.gov.mv  އިން ލިބެން ހުންނާނެއެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885002 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

21  މުޙައްރަމް  1442

09 ސެޕްޓެންބަރު 2020 



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CB/426/2020/268

ޕަބްލިޝް ކުރި ތާރީޚް: 09-09-2020

ސުންގަޑި: 2020-09-17 13:00:00