އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ހިތަދޫ ސަހަރާފަންނުން ޤަވާއިދާއި ޚިލާފަށް ވެލިނެގި މައްސަލައާއި ގުޅޭ

15 ސެޕްޓެމްބަރ 2020     3 years ago


އިޢުލާން

އައްޑޫ ސިޓީ ހިތަދޫ ސަހަރާފަންނުން ޤަވާއިދާއި ޚިލާފަށް ވެލިނެގި މައްސަލައާއި ގުޅޭ:

ޤަވާއިދު ނަންބަރު 2019/R-980 (ތިމާވެށި ޙިމާޔަތްކުރުމާބެހޭ ގަވާއިދު) ގެ 09 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް 07 ސެޕްޓެމްބަރ 2020 ވަނަ ދުވަހު  ސ.ހިތަދޫ ސަހަރާފަންނުން ވެލި ނަގާފައިވާތީ، މި ޤަވާއިދުގެ 15 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ގއ. ކަނޑުހުޅުދޫ ފޫހިވާގެ، އަޙްމަދު ސިރާޖް -/500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރެވުނު ވާހަކަ ދެންނެވީމެވެ. އަދި މިފަދަ ޢަމަލެއް ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވަމެވެ. އެހެންކަމުން ޖޫރިމަނާގެ ފައިސާ ހިތަދޫ އަވަށު އޮފީހަށް 10 ދުވަސް ތެރޭ ދެއްކުމަށް އަންގަމެވެ.

މިއެންގުމާއި ޚިލާފުވެއްޖެނަމަ ލާމަރުކަޒީ ޤާނޫނުގެ 140 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފިޔަވަޅުއަޅާނެ ކަމުގައި ދަންނަވަމެވެ. ވީމާ، މިވާހަކަ އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

26 މުޙައްރަމް 1442

14 ސެޕްޓެމްބަރ 2020



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2020/276

ޕަބްލިޝް ކުރި ތާރީޚް: 15-09-2020

ސުންގަޑި: 2020-09-14 14:00:00