އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ، ސިޓީ ސްކުއާރގައި ބޭނުންކުރުމަށް 05 ދިދަ ސަޕްލައި ކޮށްދޭނޭ ފަރާތެއް ހޯދަން

20 އޮކްޓޯބަރ 2020     3 years ago


އިޢުލާން

އައްޑޫ ސިޓީ، ސިޓީ ސްކުއާރގައި ބޭނުންކުރުމަށް 05 ދިދަ ބޭނުންވާތީ މިތަކެތި މިއިދާރާއަށް ސަޕްލައި ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑް ގަންނަން ލިބެން ހުންނާނީ 2020 އޮކްޓޯބަރު 21 ވާ ބުދަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 2020 އޮކްޓޯބަރު 28 ވާ ބުދަ ދުވަހުގެ މެންދުރު 13:00އާއި ހަމަޔަށެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.

ބިޑް ޑޮކިއުމެންޓް ވިއްކުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށްވާތީ، މި އިދާރާގެ ފައިނޭންސް ސެކްޝަނުގެ މެއިލްއަށް ([email protected])  ބިޑް ގަތުމަށް (ބިޑް ގަންނަން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) ) މެއިލް ކޮށްދެއްވުން އެދެމެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2020 ނޮވެންބަރު 04 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގައި ކައުންސިލްގެ އިދާރާގައެވެ. ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2020 އޮކްޓޯބަރު 21 ވާ ބުދަ ދުވަހުން ފެށިގެން 2020 ނޮވެންބަރު 01 ވާ އާދިއްތަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2020 ނޮވެންބަރު 2 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ. މިދެންނެވުނު މުއްދަތުގައި މެއިލްއަށް ޖަވާބު ނުލުބިއްޖެނަމަ މިއިދާރާގެ ޕްރޮޖެކްޓް ސެކްޝަނަށް ވަޑައިގަތުމުން ޖަވާބު ލިބިވަޑައިގަންނަވާނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް:  [email protected]

03 ރަބީޢުލްއައްވަލް 1442

20 އޮކްޓޯބަރު 2020



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2020/321

ޕަބްލިޝް ކުރި ތާރީޚް: 20-10-2020

ސުންގަޑި: 2020-11-04 13:00:00