އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ ލޭންޑް ޔޫސް ޕްލޭން ހެދުމަށްޓަކައި އައްޑޫގެ ބިމުގެ ސަރވޭކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

29 އޮކްޓޯބަރ 2020     3 years ago


އިޢުލާން

 

އައްޑޫސިޓީގެ ލޭންޑް ޔޫސް ޕްލޭން ހެދުމަށްޓަކައި އައްޑޫގެ ބިމުގެ ސަރވޭކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)426-AA/426/2020/306 އިޢުލާނަށް މައުލޫމާތު ސާފުކުރުމަށް ހުޅުވާލެވުނު ފުރުސަތުގައި މިއިދާރާއަށް ހުށަހެޅުނު ސުވާލުތަކަށް ޖަވާބުދީ އަދި ބީލަން ތައްޔާރުކުރުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން މިމަސައްކަތަށް ބީލަން ހުށަހަޅަންޖެހޭ ތާރީޚް ވަނީ ފަސް ކުރެވިފައެވެ.

ވީމާ، މި މަސައްކަތަށް ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 08 ނޮވެންބަރު 2020 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި ކައުންސިލްގެ އިދާރާގައެވެ.

އީމެއިލް:  [email protected]  

ކޮޕީ :  [email protected]

 

11 ރަބީއުލް އައްވަލު 1442

28 އޮކްޓޯބަރު 2020



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2020/339

ޕަބްލިޝް ކުރި ތާރީޚް: 29-10-2020

ސުންގަޑި: 2020-11-08 11:00:00