އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫ ބަނދަރުގައި ގިނަދުވަސްތަކެއް ވަންދެން އަޅާފައި އޮތް ކޮޅުވެއްޓި ނެގުމާއި ގުޅޭ

23 ނޮވެމްބަރ 2020     3 years ago


އިޢުލާން 

 

މަރަދޫ ބަނދަރުގައި ގިނަދުވަސްތަކެއް ވަންދެން އަޅާފައި އޮތް ކޮޅުވެއްޓި  ނެގުމާއި ގުޅޭ:

އައްޑޫސިޓީ މަރަދޫ ބަނދަރުގައި ގިނަދުވަސްތަކެއް ވަންދެން އަޅާފައި އޮތް ޔުނި އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްގެ  ކޮޅުވެއްޓި (Cahaya Mahabbah) އެތަނުން ނެގުމަށް ތަކުރާރުކޮށް އެކުންފުނީގައި ދެންނެވުމުން ވެސް އެކޮޅުވެއްޓި އެތަނުން ނަގާފައި ނުވެއެވެ. އެކޮޅުވެއްޓި އެތަނުގައި ބޭނުންނުކޮށް ގިނަދުވަސްތަކެއް ވަންދެން އަޅާފައި އޮތުމުގެ ސަބަބުން މަރަދޫ ގޭދޮށު މަސް ފެކްޓަރީ އެޅުމަށް ތަކެތި ބޭލުމަށާއި އަދި ބަނދަރު ބޭނުންކުރާ އާއްމު ފަރާތްތަކަށް ހުރަސްއެޅި ދަތިތަކާއި ކުރިމަތިލާންވަނީ ޖެހިފައެވެ.

ވުމާއިއެކު، ގަވާއިދު ނަންބަރު 2019/R-984 (އާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލައިފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޔުނި އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްގެ (Cahaya Mahabbah)  ކޮޅުވެއްޓިއަކީ ދޫކޮށްލައިފައިވާ އެއްޗެއްކަމުގައި ކައުންސިލްގެ އިދާރާއިން ކަނޑައަޅައި، މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި މިކޮޅުވެއްޓި އެސަރަހައްދުން ނެގުމުގެ މަސައްކަތް ކުރާނެވާހަކަ އަންގަމެވެ. އެހެންކަމުން ކައުންސިލުން މިކޮޅުވެއްޓި ގެންދިއުމުގައި ލިބޭ ގެއްލުމަކަށް ޒިންމާނުވާނެ ވާހަކަ އަންގަމެވެ. އަދި ބުނެވިދިޔަ ގަވާއިދުގައިވާ ގޮތުގެމަތިން މިއިދާރާއިން ޢަމަލުކުރާނެ ވާހަކަ ވެސް އާއްމުކޮށް އަންގަމެވެ.

08 ރަބީޢުލްއާޚިރު 1442

23 ނޮވެންބަރު  2020



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2020/362

ޕަބްލިޝް ކުރި ތާރީޚް: 23-11-2020

ސުންގަޑި: 2020-11-23 14:00:00