އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގެ ގައުކެނޑި ބްރިޖް ފެންސުގައި ދަވާދުލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

24 ނޮވެމްބަރ 2020     3 years ago


އިޢުލާން

އައްޑޫ ސިޓީގެ ގައުކެނޑި ބްރިޖް ފެންސުގައި ދަވާދުލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑް ގަންނަން ލިބެން ހުންނާނީ 25 ނޮވެމްބަރ 2020 ވާ ބުދަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 01 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00އާއި ހަމަޔަށެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.

ބިޑް ޑޮކިއުމެންޓް ވިއްކުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށްވާތީ، މި އިދާރާގެ ފައިނޭންސް ސެކްޝަނުގެ މެއިލްއަށް ([email protected])  ބިޑް ގަތުމަށް (ބިޑް ގަންނަން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) ) މެއިލް ކޮށްދެއްވުން އެދެމެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 06 ޑިސެމްބަރ2020 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި ކައުންސިލްގެ އިދާރާގައެވެ. ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 25 ނޮވެމްބަރ 2020 ވާ ބުދަ ދުވަހުން ފެށިގެން 02 ޑިސެމްބަރ 2020 ވާ ބުދަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 03 ނޮވެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ. މިދެންނެވުނު މުއްދަތުގައި މެއިލްއަށް ޖަވާބު ނުލުބިއްޖެނަމަ މިއިދާރާގެ ޕްރޮޖެކްޓް ސެކްޝަނަށް ވަޑައިގަތުމުން ޖަވާބު ލިބިވަޑައިގަންނަވާނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް:  [email protected]

10 ރަބީޢުލްއާޚިރާ 1442

24 ނޮވެމްބަރ 2020



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2020/361

ޕަބްލިޝް ކުރި ތާރީޚް: 24-11-2020

ސުންގަޑި: 2020-12-06 11:00:00