އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސޯލާ ޕަވަރ ސިސްޓަމް، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ޑިޒައިން، ސަޕްލައި، އިންސްޓޯލް އަދި ކަމިޝަން ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

25 ނޮވެމްބަރ 2020     3 years ago


އިޢުލާން

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއާއި، އަވަށު އޮފީސްތަކުގައި، ސޯލާ ޕަވަރ ސިސްޓަމް، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ޑިޒައިން، ސަޕްލައި، އިންސްޓޯލް އަދި ކަމިޝަން ކުރުމުގެ މަސައްކަތް  ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑް ވިއްކުން އޮންނާނީ 26 ނޮވެމްބަރު 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00ން ފެށިގެން 06 ޑިސެމްބަރު 2020 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިންނެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 09 ޑިސެމްބަރު 2020 ވާ ބުދަ ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 26 ނޮވެމްބަރު  2020 ވާ ބުރާސްފަތި ދުވަހުން ފެށިގެން 07 ޑިސެމްބަރު 2020 ވާ ހޯމަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 07 ޑިސެމްބަރު 2020  ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ. މެއިލްމެދުވެރިކޮށް ކަނޑައެޅިފައިވާ ވަގުތަށް މައުލޫމާތު ނުލިބޭނަމަ ކައުންސިލްގެ އިދާރާގެ ޕްރޮޖެކްޓްސް ސެކްޝަނަށް ވަޑައިގަތުމުން މައުލޫމާތު ހިއްސާކުރެވޭނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

 

އީމެއިލް :  [email protected]

 

10 ރަބީޢުލްއާޚިރު 1442 

25 ނޮވެމްބަރު 2020



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2020/364

ޕަބްލިޝް ކުރި ތާރީޚް: 25-11-2020

ސުންގަޑި: 2020-12-09 13:00:00