އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިންޑިއާގެ ސްކޮލަޝިޕް އައްޑޫގެ ހަތަރު ދަރިވަރަަކަށް

22 ސެޕްޓެމްބަރ 2016     7 years ago


(ޚަބަރު އައްޑޫލައިވް އިން ނަގާފައި)

ޑޮކްޓަރުކަން ކިޔެވުމަށްޓަކައި އިންޑިޔާ ސަރުކާރުން ދިވެހި ހަތަރު ދަރިވަރަކަށް ދިން ސްކޮލަޝިޕްތައް މި ފަހަރު އައްޑޫގެ ހަތަރު ކުއްޖަކަށް ލައްވާލައިފި އެވެ.

އިންޑިއަން ކަލްޗަރަލް ސެންޓަރުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ހަތަރު ދަރިވަރުންނަށް ސްކޮލަޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކޮށް ދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.

  1.  އާމިނަތު ސަޖާ ސިއްދީގު (ގްރޭންޓް މެޑިކަލް ކޮލެޖް)
  2.  އިއްމަތު އަލީ ނަސީރު (ލޭޑީ ހާޑިންް މެޑިކަލް ކޮލެޖު)
  3.  އާޝިޔާ އަފީފް (އޯލް އިންޑިޔާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް)
  4.  އަލީ އިޔާޒު ރާޝިދު (އޯލް އިންޑިޔާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް)

އިންޑިޔާއިން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވީ އެ ދަރިވަރުން އެމްބީބީއެސް އަށް ކިޔެވުމަށް ފުރުސަތު ލިބުނީ އިންޑިޔާގައި ހުރި އެންމެ މޮޅު ޔުނިވާސިޓީތަކުން ކަމަށެވެ.

މި ސްކޮލަޝިޕްގައި ދަރިވަރުންގެ ޓިއުޝަން ފީ، ހުރުމުގެ ހަރަދު އަދި ޔުނިވާސިޓީގެ ހަރަކާތްތަކަށް ފީ ދައްކާނީ އިންޑިޔާ ސަރުކާރުންނެވެ.

ކިޔެވުމަށް ގާތްގަނޑަކަށް ހަ އަހަރު ހޭދަވާނެ އެވެ. ކިޔެވުންް ނިންމާލުމަށް ފަހު ހިދުމަތް ކުރަން ޖެހެނީ ސަރުކާރަށެވެ.