އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލްގެ މުވައްޒަފުންނަށް "ޕަބްލިކް ސްޕީކިންގް" ތަމްރީން ޕްރޮގްރާމެއް

18 ޑިސެމްބަރ 2017     4 weeks ago


ކައުންސިލްގެ މުވައްޒަފުންނަށް "ޕަބްލިކް ސްޕީކިންގް" ތަމްރީން ޕްރޮގްރާމެއް

އައްޑޫސިޓީ ކައުންސިލް އިދާރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން "ޕަބްލިކް ސްޕީކިންގް" ތަމްރީނު ޕްރޮގްރާމެއް މިއަދު ފަށްޓަވައިފިއެވެ.

މިތަމްރީން ޕްރޮގްރާމް ނަންގަވައިދެއްވަނީ މީގެ ކުރިންވެސް ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ތަފާތު އެހެނިހެން ތަމްރީނު ޕްރޮގްރާމުތައް ނަންގަވައިދެއްވާފައިވާ ފަރާތެއްކަމަށްވާ އައްޑޫ ހައި ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަލްފާޟިލް އަހުމަދު މިހާދުއެވެ.

ދެދުވަހުގެ މުއްދަތަށް ކުރިއަށްދާ މިތަމްރީނު ޕްރޮގްރާމަކީ މުވައްޒަފުންގެ ވާހަކަ ދެއްކުމުގެ ހުނަރު އިތުރުކޮށް އާންމު ތަންތާގައި މީހުންނާއި މުޚާތަބުކޮށް ވާހަކަ ދެއްކުމުގެ ޤާބިލުކަން އުނގަންނައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމުގައި ކައުންސިލް އިދާރާގެ ޖީ.އެސް2  ފަންތިން މަތީގެ މުވައްޒަފުންގެ ތެރެއިން 20 މުވައްޒަފުން ބައިވެރިވެއެވެ.