އައްޑޫސިޓީ ކައުންސިލްގެ އިދާރާ

'ރިސޯސް މޮބިލައިޒޭޝަން އެންޑް ޕްރޮޕޯސަލް ރައިޓިންގ ވޯރކްޝޮޕް' ފެށިގެން ކުރިއަށް އެބަދޭ

5 ފެބުރުއަރީ 2018     6 years ago


'ރިސޯސް މޮބިލައިޒޭޝަން އެންޑް ޕްރޮޕޯސަލް ރައިޓިންގ ވޯރކްޝޮޕް' ފެށިގެން ކުރިއަށް އެބަދޭ

ކޮމިއުނިޓީ ޑިވަލޮޕްމަންޓް އިނީޝިއޭޓިވްސް (ކޮޑި) އާއި، އައްޑޫސިޓީ ކައުންސިލާއި، އައްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން އައްޑޫސިޓީގެ ޖަމްޢިއްޔާ ޖަމާޢަތްތަކަށް އަމާޒުކޮށްގެން ބާއްވާ 'ރިސޯސް މޮބިލައިޒޭޝަން އެންޑް ޕްރޮޕޯސަލް ރައިޓިންގ ވޯރކްޝޮޕް' ފެށިގެން ކުރިއަށް އެބަދެއެވެ.

މިމަހުގެ 4 ން 7 އަށް ކުރިއަށްދާ މިވޯރކްޝޮޕަކީ ޖަމްޢިއްޔާ ޖަމާޢަތްތަކުން ހިންގާ މަޝްރޫޢުތަކަށާއި ހަރަކާތްތަކަށް ރިސޯސް މޮބިލައިޒް ކުރުމަށްހުރި ތަފާތު ފުރުސަތުތައް ބުނެދިނުމާއި، ދާއިރާގެ ތަރައްޤީއަށް ޖަމްޢިއްޔާ ޖަމާޢަތްތައް އެކުގައި މަސައްކަތް ކުރިވިދާނެ ގޮތްތައް ކިޔާދިނުމާއި، ޑޯނަރ އެޖެންސީތަކަށް ހުށަހަޅަންޖެހޭ ޕްރޮޕޯސަލްތައް ރައްޔިތުންގެ ބައިވެރިވުމާއެކު އެކުލަވާނެގޮތްތައް ދަސްކޮށްދިނުމުގެ ގޮތުން ބާއްވާ ވޯރކްޝޮޕެކެވެ.

މިވޯރކްޝޮޕްގައި ބައިވެރިވާ ފަރާތްތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ޑޮނަރ އެޖެންސީތަކުން އެހީހޯދާނެގޮތާއި، ފަންޑް ރެއިސްކުރާނެ ގޮތްތަކާއި، ސްޕޮންސަރުން ހޯދާނެގޮތާއި، ސޯޝަލް މީޑިއާ ބޭނުންކޮށްގެން އެހީ ހޯދާނެ ގޮތާއި، ވިޔަފާރި ކުންފުނިތަކާ ގުޅިގެން ވަކިކަމެއް ކުރިއަރުވަން މަރކެޓް ކުރުމާއި ސީ.އެސް.އާރްގެ ތެރެއިން މަސައްކަތްކުރާނެ ގޮތާއި ކައުންސިލްތަކާއި ގުޅިގެން މަޝްރޫޢުތައް ހިންގުމަށް ފައިސާ ހޯދިދާނެ ގޮތްތައް ބުނެދީ، މިކަންކަމަށް އެދި ހުށަހެޅުމަށް އެކުލަވާލަންޖެހޭ ޕްރޮޕޯސަލްތައް އެކުލަވާލަން ދަސްކޮށްދެވޭނެއެވެ.

މީގެއިތުރުން، ކޮމިއުނިކޭޝަން، ކޮމިއުނިޓީ އެމްޕަވަރމަންޓް، ލީޑަރޝިޕް، ނެޓްވޯރކިންގ އަދި ވިޝަނިންގެ މުހިންމުކަން ބައިވެރިންނަށް އޮޅުން ފިލުވައިދިނުން ހިމެނެއެވެ.

ޖަމްޢިއްޔާ ޖަމާޢަތްތައް ހިންގާ ފަރާތްތަކުގެ ކެޕޭސިޓީ އިތުރުކުރަމަށް ހިންގާ މިވޯރކްޝޮޕަކީ ކެނެޑާ ފަންޑް ފޯ ލޯކަލް އިނީޝިއޭޓިވްސް (ސީ.އެފް.އެލް.އައި) ގެ އެހީގެ ދަށުން، 'ބިލްޑިންގ ލޯކަލް ޑިމޮކްރަސީ އެންޑް އިންކްލޫސިވް ޑިވެލޮޕްމަންޓް' ގެ ނަމުގައި ހިންގާ ޕްރޮޖެކްޓްގެ ދަށުން ކުރިއަށްދާ ވޯރކްޝޮޕެކެވެ.