އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކެންސަރ ޑޭ ފާހަގަކުރުމުގެ ގޮތުން ކައުންސިލްގެ ރެކްރިއޭޝަން ކްލަބާއި އެޗް.އާރު.އެޗް އާ ދެމެދު އެކުވެރިކަމުގެ ފުޓްސަލް މެޗެއް ކުޅެފި

11 ފެބުރުއަރީ 2018     6 years ago


ކެންސަރ ޑޭ ފާހަގަކުރުމުގެ ގޮތުން ކައުންސިލްގެ ރެކްރިއޭޝަން ކްލަބާއި އެޗް.އާރު.އެޗް އާ ދެމެދު އެކުވެރިކަމުގެ ފުޓްސަލް މެޗެއް ކުޅެފި

ވޯލްޑް ކެންސަރ ޑޭ ފާހަގަކުރުމުގެ ގޮތުން އައްޑޫސިޓީ ކައުންސިލްގެ ރެކްރިއޭޝަން ކްލަބާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދެމެދު އެކުވެރިކަމުގެ ފުޓްސަލް މެޗެއް ރޭ ކުޅެފިއެވެ.

ހިތަދޫ ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗްގައި މޭޔަރ އަބްދުﷲ ޞާދިޤް ވަނީ ބައިވެރިވެވަޑައިގެން ކުޅުއްވާފެއެވެ. އަދި ޑެޕުޓީ މޭޔަރ މުޙައްމަދު ޔަސްރިފް ވަނީ މެޗް ބައްލަވައިލައްވަން ވަޑައިގެންފައެވެ.

މެޗުގެ ވަކި ހިސާބަކުން ވާރެއާ ކުރިމަތިލާންޖެހުނުނަމަވެސް މެދުކެނޑުމެއްނެތި ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗް 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޓީމުންނެވެ. އެޓީމުން ޖެހި ގޯލް ކާމިޔާބު ކޮށްފައިވަނީ އަލީ މުރުތަލާއެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤަމުވެސް ކާމިޔާބުކުރީ އަލީ މުރްތަލާއެވެ.

ރޭގެ މެޗްގައި ކައުންސިލްގެ ރެކްރިއޭޝަން ކްލަބުގެ ޓީމަށް ގޯލެއް ކާމިޔާބު ނުކުރެވުނުނަމަވެސް ހިތްވަރުގަދަ ކުޅުމެއް ކުޅުންތެރިންގެ ފަރާތުންވަނީ ފެނިގެންގޮސްފައެވެ.

ވޯލްޑް ކެންސަރ ޑޭ ގޮތުގައި ފެބްރުވަރީ 4 ވަނަ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަމުންދާއިރު، މިއަހަރުގެ ވޯލްޑް ކެންސަރ ޑޭގެ ޝިޢާރަކީ 'ވީ ކޭން، އައި ކޭން' އެވެ. މިދުވަސް ފާހަގަ ކުރުމަށް ރޭކުޅުނު އެކުވެރިކަމުގެ މެޗަށްފަހު މިޝިއާރު ލިޔެފައިވާ ބެނާއަކާއެކު ކުޅުންތެރިންވަނީ ފޮޓޯއެއް ނަގާފައެވެ.